ތިން ރަށެއްގެ ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ފްލެކްސިންކް އާ ހަވާލު ކޮށްފައިވަނީ ހއ. މޮޅަދޫ އާއި ލ. މުންޑޫ އާއި މ. ވޭވަށުގައި ފެނާއި ނަރުދަމާ ގާއިމު ކުރުމަށެވެ.
ޖުމުލަ 104،088،337.93 ރުފިޔާއަށް ފްލެކްސިންކް ކުންފުންޏާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ ކޮންމެ ރަށެއް 780 ދުވަސްތެރޭގައި ނިންމައި ހަވާލު ކުރުމަށެވެ.
މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާގެ މަސައްކަތުގެ ސާވޭ ކުރުމާއި އީއައިއޭ މަސައްކަތާއި ފެނާއި ނަރުދަމާ ނިޒާމު ފަރުމާ ކުރުމާއި ވިޔުގަ އެޅުން ހިމެނެ އެވެ. އަދި މީގެ އިތުރުން އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި ނަރުދަމާގެ ޕަންޕް ސްޓޭޝަން ގާއިމްކުރުމާއި ސީއައުޓްފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކުރުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދިނުން ހިމެނެ އެވެ.
ތިން ރަށެއްގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ