ދިވެހިރާއްޖޭގެ ފުލުހުންގެ މުއައްސަސާއަކީ އިޖުތިމާއީ ނުވަތަ ޖަމާއަތުގެ މުއައްސަސާއެއްގެ ގޮތުގައި ބަދަލުކުރަން ޖެހޭ ކަމަށާއި މިހާރު އޮތް ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން ބިރުގަންނަވަން އޮތް މުއައްސަސާއެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެންނަނށް މިހާރު ތައްޔާރުކުރެވިފައި މިވަނީ ވަކިން ޙާއްސަކޮށް ފުލުހުންނާއި ސިފައިން ވަކިވުމަށްފަހުގައި ރަޔަޓު ޕޮލިސް، ހަމައެކަނި ދަގަނޑު ދަހަނާ އަޅައިގެން ކަރަންޓު މުގުރާއި ޕެޕާ ސްޕްރޭ ބުރުވަމުން، ދުވެ، ރައްޔިތުން ބިރުގަންނަވަން އޮތް ފުލުހުންގެ މުއައްސަސާއެއް." އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުން އެދެނީ އެފަދަ މުއައްސަސާއެއް ނޫން ކަމަށާއި ދިވެހިރާއްޖޭގެ ރައްޔިތުން އެދެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ފުލުހުންގެ މުއައްސަސާއެއް އޮތުން ކަމަށެވެ. އަދި ލާމަރުކަޒީ އުސޫލު ތައާރަފުކުރީ ޖަމާއަތުގެ ފުލުހުން ތައާރަފުކުރުމަށްޓަކައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ދިވެހި ރާއްޖޭގެ ރައްޔިތުން އެދެނީ އެ މުއައްސަސާއެއް ނޫން، ދިވެހި ރާއްޖޭގެ ރައްޔިތުން އެދެނީ އެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ފުލުހުންގެ މުއައްސަސާއެއް އޮތުން. ޖަމާއަތުގެ ފުލުހުން އަޅުގަނޑުމެންނަށް ލިބުން، ލާމަރުކަޒީ އުސޫލު ތައާރަފުކުރީ ޖަމާއަތުގެ ފުލުހުން ތައާރަފު ކުރަން." ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމީ ފުލުހުންނާއި ސިފައިން ތިބީ މި ސަރުކާރަށް އެއްބާރުލުންދޭން ތައްޔާރަކަށް ނޫނެވެ. އަދި ގައުމީ ފުލުހުންނާއި ސިފައިން އިހުލާސްތެރިކަމާއެކު ތިއްބެވުމަށް ވަނީ ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ނަޝީދު ވިދާޅުވީ މިސަރުކާރުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ބަޣާވާތް ކުރާކަށްވެސް ނޭނގުނު ކަމަށާއި، އަދި ވެރިކަން ކުރަން ނުވަތަ ސަރުކާރު ހިންގަން ވެސް ނޭނގުނު ކަމަށެވެ.
ނަޝީދު ވިދާޅުވީ އާސަންދަ ހިންގަން ނެތިގެން އުޅެނީ މައުލޫމާތު ލިބޭ ގޮތުގައި 720 މިލިޔަން ރުފިޔާ ކަމަށާއި، ނަމަވެސް ބަޣާވާތުގައި ލިބުނު ގެއްލުމުގެ އަގު 300 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެގޮތުން އެދުވަހު އޮފިޝަރުންގެ ގައިގައި ތެޅި ގޮނޑިއާއި، އޮފީސްތަކުގެ ތެރެއިން ތެޅި ބިއްލޫރިއާއި، ކުއްޅަވަށް އޮފީހުގެ ދެ ކޮމްޕިއުޓަރުގެ އިތުރުން، އެދުވަހު ޖެހި ޓިއަރ ގޭހާއި، އަދި އެދުވަހު ކުރި ޚަރަދަށް ވެސް 300 މިލިޔަން ރުފިޔާ އަރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި ބަޣާވާތާއި ގުޅިގެން އަނދައިގެން ދިޔަ އެތައް ތަނަކާއެކު މުޅި ބަޣާވާތުގެ ލިސްޓް އުމްރާނީ ގެއްލުމުގެ އަގު 300 މިލިޔަނަށް އަރާ ކަމަށާއި، އެވަރުން ފުއްދާލައިގެން ތިބެވުނު ނަމަ ރަގަޅުވީސް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް ޖެހިގެން އައި ދުވަހު ބަޣާވާތްކުރި ކުދިންނަށް އަނެއް 300 މިލިޔަން ރުފިޔާ ބަހާލީ ކަމަށާއި، އާސަންދައަށް ހުރި ފައިސާ ޚަރަދުކުރީ ބަޣާވާތަށް ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން ބިރުގަންނަވަން އޮތް ތަނެއް - ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ