އަބުދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކޮށްފި

ކުރިމިނަލް ކޯޓުގެ އިސްޤާޒީ އަލްއުސްތާޒު ޢަބްދުﷲ މުޙައްމަދު ފެމިލީ ކޯޓަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
އަބުދުﷲ މުހައްމަދު ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުން ފެމިލީ ކޯޓަށް ބަދަލްކޮށްފައިވާކަން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީން) ވަނީ ބުނެފައެވެ.
ކޮމިޝަނުން މިރޭ ބޭއްވި ބައްދަލުވުމުގައި ކުރިމަނިލް ކޯޓުގެ އިސްޤާޒީ އަލްއުސްތާޒު ޢަބްދުﷲ މުޙައްމަދު ފެމިލީ ކޯޓަށް ބަދަލުކުރުމަށް ނިންމީ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާއާއި އެއްގޮތަށް ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 47 އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/2016 (ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމާ ބެހޭ އުޞޫލު) ގެ ދަށުން އެކަމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޮމިޝަނަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ބޭއްވުނު ކޮމިޝަނުންގެ ބައްދަލުވުންކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ނަމަވެސް ސުޕްރީމް ކޯޓުން އެކޮމިޝަނަށް ހުށައަޅާފައިވަނީ ކޮން މައްސަލައެއްކަމެއް ހާމައެއް ނުކުރެއެވެ.
ޖޭއެސްސީން ބުނީ އަބުދުﷲ ގާޒީ ފެމިލީ ކޯޓުގައި މަސައްކަތްކުރަން ފަށާނީ 21 ފެބުރުއަރީ 2016 އިންފެށިގެން ކަމަށެވެ.
އަބުދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލްކޮށްފައިވާއިރު އަބުދުﷲ ގާޒީ ޗުއްޓީ ނެންގެވުމުން ކްރިމިނަލް ކޯޓްގެ ހިންގުން ވަގުތީގޮތުން އެކޯޓްގެ ގާޒީ އަބުދުލް ބާރީ ޔޫސުފާއި ވަނީ ހަވާލްކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަލްއުސްތާޒް އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލުކުރިއިރު ފެމިލީ ކޯޓްގެ އިސް ގާޒީގެ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ