ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ އާއިލާވެސް ކޮރަޕްޝަނަށް އާނއެެކޭ ބުނެފި

އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުން އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރާ އަހްމަދު ރަޝީދު ނުވަތަ ޗެކްމާކްގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ މެޑިކުއިޕް މޯލްޑިވްސްއަށް އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ 9.8 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަން އޭސީސީގެ ރިޕޯޓުން ހާމަވެއްޖެއެވެ.އޭސީސީއިން އާއްމު ކުރި ރިޕޯޓްގައި ބަޔާންކޮށްފައިވަނީ އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް މެދުވެރިކޮށް 490،000 އެމެރިކާ ޑޮލަރު މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްއިން ޢަބްދުﷲ ރާފިޢުއަށް ދޫކޮށްފައިވާ ފައިސާގެ ތެރެއިން 150،000 އެމެރިކާ ޑޮލަރުވެސް މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެ ފައިސާ ބޭނުންކޮށްފައިވަނީ މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކި ޚަރަދުތައް ހަމަޖެއްސުމަށް ކަމަށް ވެސް އޭސީސީގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.އޭސީސީއިން އާއްމު ކުރި ރިޕޯޓާއި ގުޅިގެން ގިނަ ރައްޔިތުންނެއްގެ ނުރުހުން އަމާޒުވެފައިވާ މިދަނޑިވަޅުގައި ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ ކުރީ ސަރުކާރުގެ އިސް މަގާމުތަކުގައި މަސައްކަތް ކުރެއްވި ގިނަ ބޭފުޅުންނަށް ކޮރަޕްޓު ވެފައި ތިއްބެވި ބޭފުޅުންނޭ ވިދާޅުވެ ހަރު އަޑުން އެ ވާހަކަތަށް ދެއްކި މީހުން ޝާމިލް ވާ ފަރާތްތަކުން އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ ފާއިސާގައި ހިމެނިފައިވާތީއެވެ.ރައީސް ޔާމިންގެ ވެރިކަމުގައި އެންމެ ބާރަށް ވަގަށް ގޮވައި އަދި ވަގު ފައިސާގެ ވާހަކަަ ދެއްކުމަށް ފަހު ވެރިކަަމަށް އައިސް އެ ފައިސާތަކަކީ ހަމައެކަނި ރައީސް ޔާމީންއަށް ތާއީދުކުރާ ބޭފުޅުން ގެންގުޅުއްވި ނުވަތަ އެމްޑީޕީ ބޭފުޅުން ނޫން އެހެން ފަރާތްތަކަށް ހެދުމަށްޓަކައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވަގުންގެ ޓެގް އެހެން ބޭފުޅުންގެ ބޮލުގައި އެޅުވުމަށް ފަހު އެއިން އެއްވެސް ފާއިސާއެއްގައި ތިމަންނާމެން ނުޖެހޭ ކަމަށް ބުންޏެވެ. ނަމަވެސް މިއަދު އެނގި ހާމަވެގެން ދިޔައީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއިދުކޮށް އިސްކޮށް ކެމްޕޭންގައި ހަރަކާތްތެރިވި ފަރާތްތަކުގެ ތެރޭގައި ވެސް އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާގެ ބައެއް ނަގައިގެން އުޅޭ މީހުން ހިމެނޭ ކަމެވެ.އެގޮތުން އާންމުންގެ މީހުން ބުނާ ގޮތުން ނަމަ މެޑިކުއިޕް މޯލްޑިވްސް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ޗެކްމާކްގެ ބޭބެ މުހައްމަދު ރަޝީދު ހިޔަލީ އަކީ އޭގެ ތެރެއިން ބޭފުޅެކެވެ. އަދި އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އައްޑޫ އޮފީސް ހުޅުވުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އެމްޑީޕީގެ ކެމްޕެއިންގެ ހަަރަކާތްތަކުގައިވެސް އިސް ސަފުގައި ވެސް އޭނާ މަސައްކަތްތަކެއް ކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ. އަދި ރައީސް ނަޝީދުގެ އައްޑޫ އޮފީސް މިހާރު ހުޅުވާފައި ހުންނަނީ ހިޔަލީގެ ގޭގައި ކަމަށް އެ ރަށު ރައްޔިތުން ބުނެއެވެ. މިފަދަ ކަންތައްތަކުންވެސް އެނގި ހާމަވެގެން މިދަނީ ނަޒާހަތްތެރިކަމާއި އިންސާފުވެރިކަމެވެ. އަދި ކޮރަޕްޝަނަށް ނޫނެކޭ ބުނާ މިންވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ