ދާއިރާގެ ހުރިހާ ގެއަކަށް ޒިޔާރަތް ކޮށް، ރައްޔިތުންގެ ވިންދު އިހުސާސު ކުރެވިއްޖެ ކަމަށް، އަންނަ މަހު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ގުރައިދޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރޭ ގުރައިދޫގައި ބޭއްވި ފޯރިގަދަ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޢައްސާން ވިދާޅުވީ ދާއިރާގައި ވޯޓުލެވޭ އުމުރުގެ 1700 އެއްހާ މީހުންނާ ބައްދަލު ކުރެއްވިއްޖެ ކަމަށާއި، ދާއިރާގެ ހުރިހާ ގެއަކަށް ގޮސް ރައްޔިތުންގެ ވިންދާއި އިހުސާސް ވަރަށް ރަގަޅަށް ދެނެ ގަނެވިއްޖެ ކަމަށެވެ.
"ދާއިރާގެ ރައްޔިތުންނާއި އަޅުގަނޑާ މިއޮތް ގާތް ގުޅުމަކީ އާއިލީ ގުޅުމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން, ދާއިރާގެ ރައްޔިތުންގެ ފަރާތުން ލިބުނު ގާތް ކަމުން އިހުސާސް ވީ އަޅުގަނޑަކީ ދާއިރާގެ އުފަން ދަރިއެއް ފަދައިން،" ޢައްސާން ފާހަގަ ކުރެއްވިއެވެ.
ދިޔަމިގިލީ ބޮޑު ބެރު ގުރޫޕްގެ ފޯރިގަދަ ހަރަކާތްތަށް ފެނިގެން ދިޔަ މި ޖަލްސާގައި ޢައްސާން ވަނީ ބުރަކޮށް އުޅުއްވަމުން ވެސް ކެންޕެއިންއަށް ވަގުތު ހުސްކޮށް ޖަލްސާއަށް ވަޑައިގެންނެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.
އިއްޔެ ގުރައިދޫގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި ސައިކަލް ބުރެއް ބާއްވާފައިވާއިރު ރޭގެ ޖަލްސާ އަށް ވެސް ވަނީ ބޮޑު ތަރުހީބެެއް ރައްޔިތުންގެ ފަރާތުން ފެނިގެން ގޮސްފައެވެ.
ތ.ގުރައިދޫ ދާއިރާގައި ހިމެނޭ ގުރައިދުއާއި ދިޔަމިގިއްޔާއި ގާދިފުށި ތަމްސީލުކުރައްވާ ރައްޔިތުން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެކަށީގެންވާ ހެޔޮ ބަދަލަކާ ދިމާއަށް ދާއިރާގެ މިސްރާބު ދީލައިލުމަށް ގުރައިދޫ ދާއިރާގެ ގޮނޑީގައި ގައްސާން ބޭންދުމަށް ހުއްޓުމެއް ނެތި ފޯރިގަދަ ކެންޕެއިންތަކެއް ދަނީ ކުރަމުންނެވެ.
ޣައްސާން ވަނީ ދާއިރާގެ ހުރިހާ ރަށައްގެ ރައްޔިތުންގެ ގާތަށް ވަޑައިގެން، އެދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑުއައްސަވާފައެވެ.
ޣައްސާން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ.
ދާއިރާގެ ހުރިހާ ގެއަކަށް ޒިޔާރަތް ކޮށް ރައްޔިތުންގެ ވިންދު އިހުސާސް ކުރެވިއްޖެ - ޢައްސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ