މޯލްޑިވިއަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމްގެ ހިޔާނާތުގެ މައްސަލައެއް ނެތް: އޭސީސީ

އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު ޏ. ފުވައްމުލައް، މައުނާ، އަބްދުﷲ އާޒިމްގެ ހިޔާނާތުގެ މައްސަލައެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް އޭސީސީން ނެރުނު ރިޕޯޓުގައި އާޒިމްގެ ނަން ހިމެނޭތީ ގޭގައި މަޑުކުރަން މިހާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވާފައިވާއިރު މިމަހުގެ 26 ގައި އޭސީސީން އާޒިމަށް ފޮނުވި ސިޓީގައި ބުނީ، އެ ކޮމިޝަނުން ތަހުގީގުކުރި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއްގައި އާޒިމްގެ ކުށުގެ ރިކޯޑުގައި ނެތް ކަމަށެވެ.
އާޒިމްގެ އިތުރުން އެރިޕޯޓުގައި ޔޫތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ އަހުމަދު މަހްލޫފުގެ ނަން ވެސް ހިމެނެއެވެ. އެހެންކަމުން ގޭގައި މަޑުކުރުމަށް މަހްލޫފަށް ވެސް ރައީސް ސޯލިހު އަންގާފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން އޭސީސީން މަހްލޫފަށް ފޮނުވި ސިޓީގައި ވެސް ބުނެފައިވަ ވަނީ މަހްލޫފުގެ ކޮރަޕްޝަނުގެ މައްސަލައެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ