މޫސުން ގޯސްވެ ހއ. އިން ބ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހދ. އަތޮޅުން ފެށިގެން ބ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު 11:30 އިން ފެށިގެން މެންދުރުފަހު 15:30 އަށެވެ.
މެޓު އޮފީހުން ބުނީ، އެ ސަރަހަދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު މިހާރު ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރަގައި އެންމެ ބޯކޮށް ވާރޭވެހިފައި ވަނީ ހދ. ކުޅުދުއްފުއްޓަށާއި ނ. މާފަރަށެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ކުޅުދުއްފުއްޓަށް 124 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު މާފަރަށް ވަނީ 106 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ.
އެ ދެ ރަށުގެ އިތުރުން ވެސް އުތުރުގެ ގިނަ ރަށްތަކަކަށް އިއްޔެ ވެހުނު ބޯވާރޭގައި ވަނީ ފެންބޮޑުވެ ބައެއް ގޭގޭގެ ހިފާ ގެންގުޅޭ ސާމާނަށް ވެސް ގެއްލުންވެފަ އެވެ. އަދި ބައެއް ގެތަކަށް ފެން ވަދެ އެގެތަކުގެ މީހުން ވަނީ އެހެން ގެތަކަށް ބަދަލުވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ