މިސްރުގެ ވެރިރަށް ގާހިރާގައި މެދު ދެތެރޭގައި ހުންނަ ރިޔާސީ ގަނޑުވަރުގެ ކައިރީގައި އިދިކޮޅު ފަރާތްތަކާއި މިސްރުގެ ސަލާމަތީ ބާރުތަކާއި ދެމެދު ހިނގާދިޔަ ކުރިމަތިލުންތަކަށްފަހު ސަލާމަތީ ބާރުތަކުގެ ފުރިހަމަ ކޮންޓްރޯލް އެސަރަހައްދުގައިވާ ކަމަށް ހަބަރު ލިބިއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުން މުޒާހަރާކުރާ މީހުން ގާހިރާގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ތިބި މީހުން ވަނީ ބޭރުކޮށްލާފައެވެ. އަދި ސަލާމަތީ ބާރުތަކުން ވަނީ އެމީހުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް އެސަރަހައްދު ގެނެސްފައެވެ.
ނަތީޖާއެއްގެ ގޮތުން ގާހިރާ މިހާރު އަމާންވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އިއްޔެ އާއި އޭގެ ކުރީ ދުވަހު މިސްރުގެ އިދިކޮޅު ފަރާތްތަކުން އެހެން ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި 126 މީހަކު މަރުވެފައިވެ އެވެ.
ހަމަނުޖެހުންތައް ހިނގި ސަރަހައްދުތަކުގައި އެތައް ހާސް ބަޔަކު އޮއްގަލާއި ޕެޓްރޯލް ބޮމާއި ބަޑި ބޭހުން ސަލާމަތީ ބާރުތަކާއި ދެކޮޅަށް ވަރުގަދައަށް ހަމަލާތަކެއްދީފައިވާއިރު ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ސަލާމަތީ ބާރުތަކުން ބޭނުންކޮށްފައިވަނީ ކަރުނަ ގޭހެވެ.
މިސްރުގެ ރިޔާސީ ގަނޑުވަރު ކައިރީ ކުރިމަތިލުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ