ށ. ފޭދޫ ފިހާރައަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި ތުޙުމަތު ކުރެވޭ 2 މީހަކު ހައްޔަރުކޮށްފި އެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނަކާއި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.
ފުލުހުން ބުނީ މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަހަރު ޖެނުއަރީ މަހު 30 ވަނަ ދުވަހު 07:13 ހާއިރު ށ. ފޭދޫ “ޒަފާ” ފިހާރައިގެ ހަރުކޮށްފައި ހުރި އެގްޒޯސްޓް ހަލާކުކޮށްލައިގެން އެފިހާރައަށް ވަދެ ވައްކަން ކޮށްފައިވާކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސައާއި ގުޅިގެން އެފިހާރައިން ގެއްލިފައިވާ ތަކެތި ހޯދުމަށް ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ޓީމެއް ފޭދޫއަށް ގޮސް ހިންގި އޮޕަރޭޝަނުގައި ހަމަ އެދުވަހު މެންދުރުގެ ވަގުތެއްގައި މި ދެމީހުން ދިރިއުޅެމުންދާ ގެއިން ކަމަށެވެ.
ޒަފާ ފިހާރައިން ގެއްލިފައިވާ ދެ ސިގިރެޓް ކާރޓޫންއަކާއި 3000 (ތިންހާސް ރުފިިޔާ) އަށްވުރެ ގިނަ ރުފިޔާގެ ވަކިލާރި ހުރި 2 ފުޅި ފުލުހުން ވަނީ ހޯދާފައެވެ. މިތަކެތި ފުލުހުން ހޯދާފައިވަނީ އިއްޔެ ހެނދުނު 09:30 ހާއިރުއެވެ.
ފުލުހުން ބުނީ މިތަކެތީގެ ތެރެއިން 2 ސިނގިރޭޓް ކާޓޫން ފުލުހުން ހޯދާފައިވަނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އުމުރުން 17 އަހަރުގެ ކުއްޖާގެ އާއިލާ މީހެއްގެ ގޭގައި ފޮރުވާފައި ހުއްޓަ ކަމަށާއި އަދި ވަކިލާރި އަޅާފައިހުރި ދެ ފުޅި ފުލުހުން ހޯދާފައިވަނީ ފޭދޫ ފަޅު ގެއެއްގެ ތެރޭގައި ފޮރުވާފައި ވަނިކޮށް ކަމަށެވެ.
ފޭދޫ ފިހާރައަކުން ވަގަށް ނެގި ތަކެތި ހޯދާ ދެމީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ