ހއ އަތޮޅަށް އެކި ގޮތްގޮތުން ވިލާ ގުރޫޕްގެ ޗެއަރމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމަގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކޮށްދެއްވާފައިވާ މަތިވެރި ހިދުމަތް ފާހަގަކުރުމުގެ ގޮތުން އެ އަތޮޅު ކައުންސިލުން އެމަނިކްފާނަށް ހާއްސަ އެވޯޑެއް އަރުވައިފިއެވެ.
ގާސިމް އިބްރާހިމަށް މި އެވޯޑް އަރުވާފައިވަނީ ހޮނިހިރު ދުވަހުގެރޭ ހއ ދިއްދޫގައި ބޭއްވި ތިލަ އުތުރު އުއްތަމަ އަރުތަ އެވޯޑް ދިނުމުގެ ހާއްސަ ރަސްމިއްޔާތުގައެވެ.
މި އެވޯޑް ގާސިމް އިބްރާހިމާ ހަވާލްކޮށްދެއްވީ ހއ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދެވެ.
ތިލަ އުތުރު އުއްތަމަ އެވޯޑް ދިނުމަށް މިރޭ ބޭއްވި ޖަލްސާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައިވެސް ބައިވެރިވެވަަޑައިގެންފައިވަނީ ވިލާ ގުރޫޕްގެ ޗެއަރމަން ގާސިމް އިބްރާހިމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ މުޅި ހއ ގެ ތަރައްގީއަށް ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވާކަމަށެވެ. އަދި އަތޮޅަށް ރީތި ނަންހޯދާދީ އަތޮޅުގައި ހަރުދަނާ ދަރިވަރުން ބިނާކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް މިފަދަ ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންދާތީ އެކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.
ގާސިމް ވިދާޅުވީ އަގުވަޒަންކުރުމަކީ ދެވޭ ވަރަށް ބޮޑު ހިތްވަރެއްކަމަށާ މި ރަސްމިއްޔާތުގައި އަގުވަޒަން ކުރެވުނު ފަރާތްތަކުން ކުރިއަށް އޮތްތާ އައު ހިތްވަރަކާއިއެކު މަސައްކަތް ކުރައްވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި މި ރަސްމިއްޔާތުގައި އެވޯޑް ހާސިލްކުރި ދަރިވަރުންނާއި ހއ އަތޮޅަށް ނިސްބަތްވާ އެކި ބޭބޭފުޅުންނަށް މަރުހަބާ ވިދާޅުވާކަމަށެވެ.
ތިލަ އުތުރު އުއްތަމަ އަރުތަ އެވޯޑް ދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހއ އަތޮޅު ކައުންސިލަށް ދިއްދޫ ދާއިރާގެ މެންބަރު އަބުދުލް ލަތީފު މުހައްމަދާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ އިތުރަށް އަލިފުޅު ތުއްތު ފައުންޑޭޝަނުން ދެއްވާ އެހީތެިރކަން ފާހަގަކޮށް އެފަރާތްތަކަށްވެސް ވަނީ އެވޯޑް ދީފައެވެ.
އަދި މިއަހަރު ބޭއްވި ހއ ގުރުއާން މުބާރާތުގެ އެންމެ މޮޅު ފަނަރަ ދަރިވަރުންނާއި، 2015 ވަނަ އަހަރު ތައުލީމީގޮތުން މުޅި ރާއްޖެއިން ފާހަގަކޮށްލެވޭ ދަރިވަރުންގެ ތެރޭގައި ހިމެނުނު ހއ އަތޮޅުގެ ދަރިވަރުންނާއި، ގައުމީ އެކި މުބާރާތްތަކުން އެއްވަނަ ހާސިލްކޮށްފައިވާ ހއ އަތޮޅުގެ ދަރިވަރުންނަށް ވަނީ އެވޯޑް ދީފައެވެ.
ތިލަ އުތުރު އުއްތަމަ އަރުތަ އެވޯޑް ގާސިމް އިބްރާހިމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ