މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓް މިމަހު 24ގައި، ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގަންނަވާނެ

މިއަހަރުގެ މޯލްޑިވްސް ފައިނޭންސް ފްރޮފެޝަނަލް ސަމިޓް އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ސަމިޓް އިންތިޒާމްކުރާ ކޯޕަރޭޓް މޯލްޑިވްސް އިން ބުނީ، މިއަހަރުގެ މޯލްޑިވްސް ފައިނޭންސް ފްރޮފެޝަނަލް ސަމިޓް ބާއްވަން ހަމަޖެހިފައިވަނީ 24 ފެބްރުއަރީގެ ރޭގަނޑު 8:30 އިން 10:30 އަށް ދަރުބާރުގޭގައި ކަމަށެވެ. އަދި ސަމިޓްގައި ފައިނޭންސް އަދި ކޯޕަރޭޓް އިންޑަސްޓްރީއާ ގުޅޭގޮތުން ދާއިރާގެ މާހިރު ވާހަކަދައްކާނެ ކަމަށް މައުލޫމާތުދެއެވެ.
މި ސަމިޓް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވާނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ރައީސް ހަސަން ވަހީދެވެ.
އެންމެ ސެޝަންއެއްގެ ގޮތުގައި ކުރިއަށް ގެންދާ މި ސަމިޓްގައި ދެން ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވާނީ:- އަމާނާ ތަކާފުލް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ރިޔާޒު- އެސްޓީއޯގެ ބޯޑް މެންބަރު ޝިމާދު އިބްރާހިމް- ވިލާ އެއާގެ ހެޑް އޮފް ފައިނޭންސް އަދި ވިލާ ކޮލެޖްގެ ލެކްޗަރާ މުހައްމަދު ހަލީމް- މެޑްޓެކް މޯލްޑިވްސް ޕްރައިވެޓްގެ ފައިނޭންޝިއަލް ކޮންސަލްޓަންޓް އަލީ ޝަރީފު- ކެޕިޓަލް މާކެޓްސް އެކްސްޕާޓް، މަހްޒޫން ސަލީމް
ފައިނޭންސް ދާއިރާއަށް ރާއްޖެ އާއި ދުނިޔެއިން ހުރި މައްސަލަތަކާ ގުޅޭގޮތުން ފައިނޭންސް ސެކްޓަރުގައި މަސައްކަތްކުރާ ޕްރޮފެޝަނަލުން އެއްވެސް މަޝްވަރާ ކުރުމަށް ބާއްވާ ސަމިޓެކެވެ. މި ސަމިޓްގައި ބޭންކިން، އިސްލާމިކް ފައިނޭންސް، އިންޝުއަރަންސް، ލީސިން އަދި ވެލުއޭޝަންގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ