ތޭވީސް ޑިސެމްބަރު އިއްތިހާދާއި އިދިކޮޅު ޕާޓީތަކުގެ ބައްދަލުވުން ކުރިއަށް ދިޔައިރު ޕީޕީއެމްގެ ޖަގަހައިގެ ތެރެއިން ލަކުޑި ފަތިބުރިތަކެއް ގެނައީ އަމިއްލަ ރަށްކަލަށް ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ބައްދަލްވުން ނިންމަވާލެއްވުމަށް ފަހު ޑީއާރްޕީގެ އޮފީހުން އިއްތިހާދުގެ އިސްވެރިން ނުކުންނެވުމުގެ ކުރިން ބައެއް އެކްޓިވިސްޓުންނާ އެކު އުމަރު ޕީޕީއެމް ޖަގަހައަށް ވަޑައިގެން ކުޑައިރު ކޮޅެއްތެރޭގައި ވަޑައިގަތީ ބުރިކޮށްފައި ހުރި ލަކުޑި ފަތިބުރިތަކެއް ހިފައިގެންނެވެ.
އުމަރު ވިދާޅުވީ އިދިކޮލު އިއްތިހާދުގެ ބައިވެރިންނާ ހަމަލާދޭން ގުރޫޕެއް އައި ކަމަށާއި އެމީހުންގެ ހަމަލާތަކުގެ ދިފާއުގައި ދަނޑިބުރިތަކެއް އޭނާ އިސްކޮށްހުންނަވައިގެން ގެނައީ ކަމަށެވެ.
"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑުމެންނާއި ކުރި މަތިލާ ފަރާތްތަކާއި ކުރިމަތީލާންވާނެ ދިފާއުގައި، އެއްވެސް ފަރާތަކުން އެއްވެސް ހަމަލާއެއް ނުދޭތި. އަދިވެސް އަޅުގަނޑު ދަންނަވާލަން އިސްވެ ހަމަލަ ނުދޭތި އެއްވެސް ބަޔަކު ހަމަލާ ދީފިއްޔާމު ދިފާއުގައި ދަނޑިބުރި ބޭނުންކުރަންވާނެ،" އުމަރު އެ ސަރަހައްދުގައި ތިބި ފަރާތްތަކަށް އިޝާރާތްކުރައްވައި ވިދާޅުވި އެވެ.
އިއްތިހާދުގެ ބައިވެރިން ޑީއާރްޕީގެ އޮފީހުގައި ބައްދަލުވުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސައިކަލްގައި ގްރޫޕަކުން އައިސް އެ ސަރަހައްދުގައި ހަޑިހުތުރު އެއްޗެހިގޮވާ އެ ސަރަހައްދުގައި ވަނީ އަޑުގަދަކޮށް ހަދައިފަ އެވެ.
އުމަރު އިސްކޮށް ހުންނަވައިގެން ލަކުޑި ފަތިބުރި ގެނެސް މުޒާހިރާގެ ބައިވެރިންނަށް ވަނީ އެތަކެތި ދީފަ އެވެ. އަދި ބައެއް ފަރާތްތަކުން އެ ލަކުޑި ފަތިބުރި ނެގި ނަމަވެސް ގިނަ ފަތިބުރިތައްޗ ހުރީ ޑީއާރްޕީގެ އޮފީސް ކުރިމަތީގައި ބަހައްޓާފައިފަ އެވެ. އިއްތިހާދުގެ ބައިވެރިން ވެހިކަލްތަކުގައި ނައިބު ރައީސްގެ ގެކޮޅު ހިލާލިގެއަށް ވަޑައިގެން އެނބުރި ޖުމުހުރީ ޕާޓީގެ އޮފީހަށް ވަޑައިގަތް މަގުމަތީގައި އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.
ރޭ ލަކުޑި ފަތިބުރިތަކެއް ނެރުނީ އަމިއްލަ ރަށްކަލަކަށް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ