އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޑީއާރްޕީއާ ދެކޮޅަށް ފުލުސް އޮފީހަށް މައްސަލައެއް ހުށަހަޅައިފި

ޑީއާރްޕީން ބޭއްވި ޖަލްސާއެއްގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަށް ނިސްބަތްވާ ގޮތަށް ހަޑި ހުތުރު ވާހަކަތަކެއް ދައްކާފައިވާ ކަމަށް ބުނެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ޑީއާރްޕީއާ ދެކޮޅަށް މައްސަލައެއް ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.ޣަފޫރު މިއަދު ވިދާޅުވީ އެނާ މިއަދު 3:30ގައި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާނެ ކަމަށާއި އޭގައި އެދިވަޑައިގެންފައި ވާނީ ޑީއާރްޕީން ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އިބްރާހިމް ނާޒިމް ކިޔާ ބޭފުޅަކު އޭނާގެ އިމްތިޔާޒުތަކަށް އަރައިގަނެ ގެއްލުންތައް ލިބޭ ގޮތަށް ހަޑިހުތުރު ވާހަކަތައް ޖަލްސާގައި ދައްކާފައިވާތީ އެ މައްސަލަ ބައްލަވައި ނާޒިމް އާއި ޑީއާރްޕީއާ މެދު ފިޔަވަޅު އަޅައިދިނުމަށް ކަމަށެވެ."ޑީއާރްޕީގެ ޖަލްސާގައި އިބްރާހިމް ނާޒިމް ކިޔާ މީހަކު ވާހާކަ ދައްކަމުން ގޮސް އަޅުގަނޑުގެ އިމްތިޔާޒުތަކަށް ވަނީ އަރައިގެންފައި. އެ ޖަލްސާއަކީ ޑީއާރްޕީން ހުއްދަތައް ހޯދައިގެން ބޭއްވި ޖަލްސާއެއްވީމަ އެކަމުގައި ޑީއާރްޕީ ޒިންމާވާން ޖެހޭނެ. އެހެންވީމާ އަޅުގަނޑު އެދިފައި ވާނީ ވާހަކަ ދެއްކި ފަރާތާއި ޑީއާރްޕީއާ މެދު ފިޔަވަޅު އަޅައި ދިނުމަށް، މިކަން ތަހުގީގުކޮށްދެއްވުމަށް،" ޣަފޫރު ވިދާޅުވި އެވެ.މި މައްސަލައާ ގުޅިގެން ސުވާލު ކުރުމުން ފުލުހުން އެއްވެސް ޖަވާބެއް މިއަދު ދީފައެއް ނުވެ އެވެ.ޑީއާރްޕީގެ މީޑިޔާ ކޯޑިނޭޓަރު އަލީ ސޯލިހު ވިދާޅުވީ ކުޅުދުއްފުށީގައި ރޭ އެ ޕާޓީގެ ގޮތްޕެއްގެ ޖަލްސާއެއް ބޭއްވި ކަމަށާއި  އެ ޖަލްސާގައި ޕާޓީގެ ޑިޕިއުޓީ ލީޑަރު އުމަރު ނަސީރު ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ. ޖަލްސާގައި ދެކެވުނު ވާހަކަތައް އެނގިވަޑައި ގަންނަވާނީ އުމަރަށް ކަމަށެވެ. ސަން އޮންލައިން އިން އުމަރާ ގުޅުމުން ވިދާޅުވީ އެވަގުތު އިންނެވީ ހދ. ނާވައިދޫގައި ކުރިޔަށްދާ ޑީއާރްޕީގެ ޖަލްސާއެއްގައި ކަމުން ވާހަކަ ދެއްކެވުމަށް ދަތިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ