ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް މެންބަރުންނަށް މަދު ކުރަން ހުށަހަޅައިފި

ދިވެހިރާއްޖޭގެ އެންމެ މަތީ އަދުލު އިންސާފު ގާއިމްކުރާ ފަނޑިޔާރުގެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ރުމަށް ރައްޔިތުންގެ މަޖިލީހަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހަޅުއްވައިފި އެވެ.
ޝަރީފް ހުށަހެޅުއްވި އިސްލާހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުގެ އިތުރުން ހައި ކޯޓުގެ ދެ ގޮފި ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށް، ހައި ކޯޓުގެ ފަނޑިޔާރުން އެ ތަންތަނަށް ހަމަޖައްސަން ވެސް ހުށަހަޅާފައިވެ އެވެ.
ޝަރީފު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުގައި މާލޭގެ އިތުރުން އުތުރު އަދި ދެކުނުގައި ގާއިމްކުރާ ހައި ކޯޓްގެ ކޮންމެ ގޮތްޕެއްގައި ތިން ފަނޑިޔާރުން ތިބެން ވާނެ އެވެ.
ބިލްގައިި ބުނެފައިވާ ގޮތުގައި ހައި ކޯޓްގެ ގޮފިތައް ގާއިމުކުރާނެ ރަށަކާއި އެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ސުޕްރީމް ކޯޓުންނެވެ. އަދި އުތުރާއި ދެކުނުގައި ގާއިމުކުރާ ހައި ކޯޓްގެ ދެ ގޮފިން ބަލާނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ އިސްތިއުނާފުކުރުން އެކަނި ކަމަށް ވެސް ބުނެފައިވެ އެވެ.
ޝަރީފު ވިދާޅުވީ ބިލް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބެވުމަކީ ރާއްޖެއާ އަޅާބަލާއިރު ގިނަ އަދަދެއް ކަމަށާއި ހައި ކޯޓްގެ ދެ ގޮފި އުތުރާއި ދެކުނުގައި ގާއިމުކުރަން ހުށަހެޅީ މެޖިސްޓްރޭޓް ކޯޓްތަކުން ނިންމާ ނިންމުންތައް ފަސޭހަކަމާ އެކު އިސްތިއުނާފުކުރަން ފުރުސަތު ދިނުމަށް ކަމަށެވެ.
ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ޝަރީފު ހުށަހެޅުއްވިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން އެމްޑީޕީން ކުރިންވެސް ވަނީ އަޑުއުފުލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ