އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަލުން ރާއްޖޭގެ ވެރިކަން ދެން ނުލިބޭނެކަން ސަތޭކައިން ސަތޭކަ ޔަގީން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގދ.ތިނަދޫގައި ޖުމްހޫރީ ގުޅުމުން ގދ ތިނަދޫގައި ބޭއްވި ޖަލްސާގައި ރޭ ގާސިމް ވިދާޅުވީ ކޮންމެވެސް ބަޔަކު ރައީސް ނަޝީދަށް ވޯޓް ދިންނަމަވެސް ރައްޔިތުންގެ ތާއީދު ރައީސް ނަޝީދަށް ނެތްކަމުގައެވެ. އަދި ރާއްޖޭގެ ރައްޔިތުންދެން ރައީސް ނަޝީދަށް ވޯޓް ނުދޭނެކަމަށްވެސް ރޭ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ފުލުހުންނަށް ގައިރު ގާނޫނީ އަމުރުކުރުމުން އެއަމުރަށް ފުލުހުން ތަބާ ނުވުމުން ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ކަމުގައެވެ. އަދި އޭގެފަހުން ނިކުމެވަޑައިގެން ބަޣާވާތަކުން ވެރިކަން ބަދަކުކުރީކަމަށް ވިދާޅުވާން ލަދު ގަންނަންޖެހޭނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ރައްޔިތުން ވެރިކަން ދޭއިރު ގައުމަށް އިހްލާސްތެރި މީހަކަށް ވެރިކަން ދިނުމަށް ވިސްނަންޖެހޭ ކަމުގައެވެ. އަދި ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ގދ ތިނަދޫ ސިޓީ އަކަމަށް ބަދަލުކޮށް ސިޓީއެއްގެ ފެންވަރަށް ތަރައްގީ ކުރާނެކަމަށްވެސް ގާސިމް ރޭ ވިދާޅުވިއެވެ.
ނަޝީދަށް ރައީސްކަން ނުލިބޭނެކަން ސަތޭކައިން ސަތޭކަ ޔަގީން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ