ޕެނަލްޓީ ޖަހައިގެން ވިކްޓްރީގެ މައްޗަށް ކުރި ހޯދާ ޓީސީ ކުއާޓާއަށް

އެފްއޭކަޕްގައި ރޭ ކުޅުނު މެޗުން ވިކްޓްރީ ސްޕޯޓްސް ކްލަބުގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދާ ޓީސީ ސްޕޯޓްސް ކްލަބް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފި އެވެ.
މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ވިކްޓްރީންނެވެ. މި ގޯލް ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ހުސެއިން ޝިމާޒް (ކޮކީ) އެވެ. އަދި މެޗުގެ 72 ވަނަ މިނެޓްގައި ކޮކީ ވަނީ ވިކްޓްރީގެ ލީޑު ފުޅާކޮށްދީފަ އެވެ.
ނަމަވެސް އޭގެ 2 މިނެޓްފަހުން ޓީސީއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ޔާމީން (ޔާމްބެ) ވަނީ އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. އަދި މެޗުގެ ފަހު މިނެޓްގައި ވިކްޓްރީގެ ޑިފެންޑަރު ޝަފީއު އަތުން ބައިކޮޅަށް ވަތް ގޯލާއެކު މެޗުގެ ނަތީޖާ ވަނީ އެއްވަރުވެގެން ގޮސްފަ އެވެ.
ނަތީޖާ އެއްވަރުވުމުން ދެން ޖެހީ ޕެނަލްޓީ އެވެ. ޕެނަލްޓީގައި ޓީސީން ވަނީ ވިކްޓްރީގެ މައްޗަށް 6-5 ގެ ނަތީޖާއަކުން ކުރި ހޯދާފަ އެވެ.
އެފްއޭކަޕްގައި އިއްޔެ ހަވީރު ޔުނައިޓެޑް ވިކްޓަރީ އަތުން 3-2 އިން މޮޅުވެ، މަހިބަދޫ ސްޕޯޓްސް ކްލަބް ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ