ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ޖޭއެސްސީ އަށް ހާޒިރުވާން އަންގައިފި އެވެ.
މިއަދުގެ ހެނދުނުގެ ވަގުތެއްގައި ބާރީ އެކޮމިޝަނަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ. އެކޮމިޝަނަށް ބާރީ ހާޒިރުކުރަނީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ. އަދި މިކަމާ ގުޅޭގޮތުން ޖޭއެސްސީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ގާޒީ ބާރީ މިއަދު ޖޭއެސްސީ އަށް ހާޒިރުކުރާ އިރު އޭނާއަކީ މިއަދު 13:30 ތާވަލްކޮށްފައިވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްސަލަ ބައްލަވާ ބެންޗްގެ އިސް ފަނޑިޔާރެވެ.
ގާޒީ ބާރީ ޖޭއެސްސީ އަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ