ގާޒީ ބާރީ ޖޭއެސްސީއަށް ހާޒިރުވާން އަންގައިފި

ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުލްބާރީ ޔޫސުލް ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީއަށް ހާޒިރުވާން އަންގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޒީ ބާރީ ޖޭއެސްސީއަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ ހެނދުނުއެވެ. ނަމަވެސް މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ޖޭއެސްސީންވެސް އަދި ކްރިމިނަލް ކޯޓުންވެސް ނުލިބެއެވެ.
އިދިކޮޅު ފަރާތްތަލުން މިރޭ ބޭއްވި ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ބާރީ ޖޭއެސްސީއަށް ހާޒިރުވުމަށް އެންގީ، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ކުށްސާބިތުނުވާކަމަށް ކަނޑައެޅުމުން އެކަމާއި ސަރުކާރުން ހިތްހަމަ ނުޖެހިގެން ކަމުގައެވެ.
ނަމަވެސް ބާރީ ޖޭއެސްސީއަށް ހާޒިރުކުރަން އަންގާފައިވަނީ ކީއްވެކަމެއް ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ