ކުރިއަށް އޮތް 2018 ގެ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކުރެއްވޭނީ 4 ލައްކަ އެއްހާ މީހުން ޖަލަށް ލައިގެން ކަމަށް އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ވީނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ އާޒިމް ވިދާޅުވީ ކުރިއަށް އޮތް 2018 ގެ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކުރެއްވޭނީ 4 ލައްކަ އެއްހާ މީހުން ޖަލަށް ލައިގެން ކަމަށާއި މަޖިލީހުގެ ގޮނޑިތައް ވެސް ކާމިޔާބު ކުރެއްވޭނީ އެފަދަ ގޮތަކަށް ކަމަށެވެ.
ސިޔާސީ ފަރާތްތައް ދެއިރު ދެދަޅަޔަށް މަޖިލީހަށް ހާޒިރު ކުރަނީ ބިރުދައްކަން ކަމަށާއި , ފުލުހުންގެ އިދާރާއަށް ހާޒިރުކުރާ ކޮންމެ ފަހަރަކު ރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަކަށް އާ ހިތްވަރެއް ލިބިވަޑައިގަންނަވާ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި ސިފައިންނާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި މިއަދު 12:00 ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމަށް ނިންމާފައިވާ އިރު އެ ދައުވާ އަށް އާޒިމް ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ.
"އަޅުގަނޑަށް އެނގިގެންނެއް ހަމަ ޔަގީނުންވެސް އެފަދަ ކަމެއް މަޖިލިސް އިދާރާތެރެއަކު ނުހިނގާ. އެފަދަ ތުހުމަތުތަށް މިކުރައްވަނީ އެ ކުދިންނަށް ބިރުދައްކައިގެން. ރައީސް ޔާމިން އަށް ގޮތް ހުސްވެގެން ސިފައިންނާއި ފުލުހުންނަށް މަޖުބޫރު މިކުރުވަނީ. އެކުދިން މި ތުހުމަތު މި ކުރަނީ އިތުރު ގޮތެއް ނެތިގެން. މަޖުބޫރުވެގެން. އަސްލު މިހެން ގެންދާ ކޮންމެ ފަހަރަކު އަޅުގަނޑު ވަރަށް އުފާވޭ. އެއީ ތާރީހް ދިރާސާ ކުރައްވާ ބޭފުޅުން ދެތިން އަހަރު ފަހުން އަހާލަފާނެ މަޖިލީހުގެ އިންނެވި އިރު ކުރެއްވީ ކޮން ކަމެއްހޭ؟ ނޫނީ ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި ކުރެއްވި ކަމަކީ ކޮބާތޯ؟ މިކަންކމުން އަޅުގަނޑަށް އެބޭފުޅުންނަށް ޖަވާބު އެރުވޭނެ."އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އިސްލާހީ މަސައްކަތުގެ ތެރެއިން , ގައުމުގެ ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމަށާއި ޑިމޮކްރަސީ ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގައި ކުޑަކޮށްވެސް ފަހަތަށް ޖެހި ވަޑައި ނުގަންނަވާނެ ކަމަށެވެ.
އާޒިމްގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މަޖިލީހުގެ 14 މެމަބަރެއްގެ މައްސަލަ ފުލުހުން މިހާރުވެސް ގެންދަނީ ބަލަމުންނެވެ.
ރައީސް ޔާމިން އަށް 2018 ގެ އިންތިހާބު ކާމިޔާބު ވާން އޮތީ 4 ލައްކަ އެއްހާ މީހުން ޖަލަށް ލައިގެން : އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ