މެމްބަރު ވަހީދުގެ ބަންދަށް 15 ދުވަސް ޖަހައިފި

ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކްރިމިނަލް ކޯޓުން ދެންމެ ޖަހައިފި އެވެ.
މ. ކުނޫޒް ކައިރީގައި އިތުރު މެމްބަރުންތަކަކާ އެކު ހުންނަވަނިކޮށް ވައްޑެ ހައްޔަރުކުރީ ރޭ 12 ޖަހަން އުޅެނިކޮށެވެ. .
ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ސޮއިކުރައްވައި 8:00 ގައި ނެރުއްވި އަމުރުގައި ވަހީދު ހައްޔަރުކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދު އިއްޔެ ބަންދުކޮށްފައި ވަނިކޮށް، މަޖިލިހުގެ މެމްބަރުން ނޫން ކަމަށް މަޖިލިހުން ކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައި، މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.
އިއްޔެ މަޖިލީހުގައި ތަޅުއަޅުވާފައި ހުުއްޓާ ބައެއް މެންބަރުން މަޖިލީހަށް ވަދެ ތިއްބައި ފުލުހުންނާއި ސިފައިން މަޖިލީހަށް ވަދެ އެ މެމްބަރުން އެ ތަނުން ނެރުމަށް ފަހު، ވަހީދާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ނަގާފައި ދޫކޮށްލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ