ގާޒީ ބާރީއާއި ޝަކީލް ޖުވެނައިލް ކޯޓަށް ބަދަލުކުރަން ނިންމައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ އަބްދުލް ބާރީ ޔޫސުފް އެމަޤާމުން ވަކިކޮށް ބާރީއާއި ކްރިމިނަލް ކޯޓްގެ ގާޒީ އަހްމަދު ޝަކީލް ޖުވެނައިލް ކޯޓަށް ބަދަލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ އެގޮތަށް މިންމީ ސްޕްރީމް ކޯޓުން އެކޮމިޝަނަށް އެގޮތައް ހުށައެޅުމުން މިރޭ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ކަމުގައެވެ.
ބާރީ އާއި ޝަކީލު ކްރިމިނަލް ކޯޓްގެ ގާޒީ ކަމުން ވަކިކުރި ނަމަވެސް ކްރިމިނަލް ކޯޓްގެ އިސްގާޒީގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރިކަމެއް އަދި ސާފެއް ނުވެއެވެ.
ގާޒީ ބާރީ އާއި ޝަކީލް ޖުވެނައިލް ކޯޓަށް ބަދަލުކުރުމަށް ނިންމި ދަނޑިވަޅަކީ ސަރުކާރުން ހައްޔަރުކުރަން ބޭނުން ބައެއް ސިޔާސީ ބޭފުޅުން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ކޯޓް އަމުރު ނުލިބިގެން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ