އިއްޔެގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އިދިކޮޅު ކޯލިޝަންގެ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމް އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަހުނިޔާ ދަންނަވައިފި އެވެ.
ރައީސް މައުމޫން ނެރުއްވި ނޫސްބަޔާނެއްގައި ދެ ބޭފުޅުންނަށް ތަހުނިޔާ ކިޔާފައިވާއިރު ދިވެހި ރައްޔިތުން ދެއްކެވި ހިތްވަރާއި ކެތްތެރި ކަމަށްޓަކައި އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށް ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުން ތިޔަ ވޯޓު ދެއްވީ ޢަދުލް އިންސާފަށާއި، އިންސާނިއްޔަތު ކަމަށެވެ. އޯގާތެރިކަމާއި އެކުވެރިކަމަށެވެ.،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ސަޕޯޓުކުރެއްވި ކޯލިޝަނުން އުފައްދާ ސަރުކާރަކީ އޯގާތެރި ސަރުކާރަކަށް ވާނެ ކަމަށެވެ. އަދި އެ ސަރުކާރުން މަސައްކަތް ކުރާނީ ގައުމުގެ ކުރިމަގު ބިނާ ކުރުމަށް ކަމަށެވެ.
" މާތް ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން މަސައްކަތްކުރާނީ ސިޔާސީ ޚިޔާލުގެ ތަފާތުތައް އެއްފަރާތްކޮށް، ޤައުމީ އެއްބައިވަންތަކަމާއެކު ގުޅިގެން އުފައްދާ އޯގާތެރި ސަރުކާރަކުން ޤައުމު އާރާސްތުކޮށް ކުރިމަގު އުޖާލާކޮށްދިނުމަށެވެ." ރައީސް މައުމޫން ވިދާޅުވިއެވެ.
އިބޫ އާއި ފައިސަލް އަށް ރައީސް މައުމޫން ތަހުނިޔާ ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ