ޕީޕީއެމްގެ ސަރުކާރެއްގައި އަންހެނުން ބާރުވެރި ކުރުވުމަށް ވަރަށް ޚާއްސަ މަސައްކަތްކުރައްވާނެކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ފިރިހެނުންނެގޭ އެއްގޮތަށް އަންހެނުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް އޮންނަންޖެހޭކަމުގައެވެ. މައުމޫން ވިދާޅުވީ އުނގެނުމާއި ވަޒީފާ އަދާ ކުރުމާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުން ބައިވެރި ވުމުގައި ދީނީގޮތުންވެސް ތަފާތުކުރުންތަކެއް ނުހުންނަ ކަމުގައެވެ.
އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރާ ބޭފުޅެއްކަމަށާއި އިންތިހާބަށްފަހު އެކުލަވާލެވޭ ސަރުކާރެއްގައި އަންހެނުންނަށް ހާއްސަ ފުރުސަތުތަކެއް ލިބިގެންދާނެކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމްގެ ވެރިކަމެއްގައި އަންހެނުން ބާރުވެރި ކުރެވޭނެ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ