އުމަރު ނަސީރުގެ ކާރުން ރާ ފުޅިއެއް ފެނިއްޖެ

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރައްވާ އެޕާޓީގެ ކުރީގެ ނައިބު ރައީސް އުމަރު ނަސީރުގެ ކާރުން ރާ ފުޅިއެއް ފެނިއްޖެއެވެ.
މިރޭ ގާތްގަޑަކަށް 08:30 ހާއިރު ސޯސަންމަގުން ރާދަބުކްޝޮޕް ކައިރިން އުމަރު ނަސީރުގެ ކާރު ފުލުހުން ޗެކްކުރަމުން ގޮސްފައިވާތަން ސީއެންއެމްގެ ރިޕޯޓަރަކަށްވެސް ވަނީ ފެނިފައެވެ.
އުމަރުގެ ކާރުން ފެނިފައިވަނީ ސައިކަލެއްގައި އައި ބަޔަކު ކާރުގައި ޖެއްސުމުން ކާރު މަޑުކުރި ވަގުތު ކާރުގެ ތެރެއަށްލީ ފުޅިއެއް ކަމަށް މައުލޫމާތު ލިބެއެވެ. އުމަރުގެ ޓީމުންވަނީ މިއަމަލަކީ އުމަރުގެ ވާދަވެރިންގެ އަމަލެއް ކަމަށް ތުހުމަތުކޮށްފައެވެ.
"މިކަން މިގޮތަށް ހިންގާނެ ކަން އެނގޭ، މީގެ ކުރިން ވެސްވަނީ މިފަދަ ކަމެއް ކުރަން މަސައްކަތްކޮށްފައި،" އުމަރުގެ ތަރުޖަމާނު ސިނާނު ވިދާޅުވިއެވެ. ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އުމަރުވަނީ އޭނާގެ އޮފީހަކަށް މަސްތުވާތަކެތި ވައްދަން ބަޔަކު މަސައްކަތް ކުރި ކަމަށް ވިދާޅުވެފައެވެ. އުމަރުގެ ކާރުގެ ތެރެއިން ބަނގުރާ ފެނިފައިވާ އިރު އުމަރުވަނީ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި އެފަރާތްތައް ލުހެލާނެ ކަމަށް ވިދާޅުވެ އިންޒާރު ވެސް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ