ޑރ. ޖަމީލާއި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ މައުލޫމާތު ބޭރުގެ މިޝަންތަކަށް ދިނުމަށް ލަންކާ އަށް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާއި ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ހައްޔަރުކުރި މައްސަލައިގެ މައުލޫމާތު ޑިޕްލޮމެޓިކް މިޝަންތަކަށް ދިނުމަށް ގައުމީ ޕާޓީގެ އެ ޕާޓީގެ ވަފުދެއް މިރޭ ލަންކާ އަށް ފޮނުވުމަށް ނިންމައިފި އެވެ. ގައުމީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ޕާޓީގެ ނާއިބު ރައީސް އިމާދު ސޯލިހާއި ޒުވާނުންގެ ގޮފީގެ ރައީސް މުހައްމަދު މަލީހު ޖަމާލު ލަންކާ އަށް ކުރައްވާ ދަތުރުގައި، ކޮލަމްބޯގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކާ ބައްދަލު ކުރައްވައި، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގާނޫނާއި ހިލާފަށް ހިންގާ ހަރަކާތްތަކާ ބެހޭ ސައްހަ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. ޑރ. ޖަމީލް ހައްޔަރުކޮށްފައި ވަނީ ފުލުހުންނެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ސިފައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ