ރިޔާސީ ބަޔާން އިއްވާއިރު ދޭންޖެހޭ ސެކިއުރިޓީއަށް ސިފައިން ވަނީ ތައްޔާރުވެފައި

ރައްޔިތުންގެ މަޖިލިސް އާ ދައުރަކަށް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ރިޔާސީ ބަޔާން މާދަމާ އިއްވަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ވަޑައިގަންނަވާއިރު ސިފައިންގެ ފަރާތުން ދޭންޖެހޭ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށް އެމްއެންޑީފްއިން ބުނެފި އެވެ.
އެމްއެންޑީއެފްގެ ކާނަލް އަބްދުއްރަހީމް އަބްދުލް ލަތީފް މިއަދު ވިދާޅުވި މާދަމާގެ ޖަލްސާއަށް ރައީސް ވަހީދާއި މަޖިލީހުގެ މެންބަރުން ވަޑައިގަންނަވާއިރު ސިފައިންގެ ފަރާތުން ލިބިދޭން ޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މެންބަރުން ވެސް އެބޭފުޅުންގެ ހިމާޔަތަށް އެދިވަޑައިގަތުމުން އެހިމާޔަތް ދޭނެ ކަމަށވެ.
އަބްދުއްރަހީމް ވިދާޅުވީ މިފަހަރުގެ ރިޔާސީ ބަޔާނަށް ވެސް ސެކިއުރިޓީގެ ތައްޔާރީތަށް ދުރާލާ ޕްލޭން ކުރެވި، އެކަމުގެ ހުރިހާ އިންތިޒާމެއް އެންމެ ފުރިހަމަ ގޮތުގައި ހަމަޖައްސަމުން އަންނަ ކަމަށެވެ.
"ސެކިއުރިޓީ ނެތިގެން ދިމާވާ އެއްވެސް މައްސަލައެއް މާދަމާގެ ރަސްމިއްޔާތުގަ ދިމައެއްނުވާނެ،" އޭނާ ވިދާޅުވި އެވެ.
މިދިއަ އަހަރު ރިޔާސީ ބަޔާން އިއްވި ދުވަހު މަޖިލީހުގެ އެތެރެއާއި ބޭރުން ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފަ އެވެ. އެ ހަމަނުޖެހުންތަކުގަ މަޖިލީހުގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދިން އިރު ބޭރުގައި ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި ވީމިޑިޔާގެ ވީޓީވީއަށް ވެސް ވަނީ ގެއްލުންތައް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ