ސަލަފުން އުމަރު ނަސީރާ ސުވާލުކޮށްފި

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރައްވަން އެކަށީގެންވާ ކެންޑިޑޭޓުން ބަލައި ދިރާސާ ކުރަން ޖަމިއްޔަތުއްސަލަފުން ހިންގާ ޕްރޮގްރާމްގެ ދަށުން އެ ޖަމިއްޔާއިން އުމަރު ނަސީރާ ބައްދަލުކޮށްފި އެވެ.
ވީ ނިއުސްއަށް މައުލޫމާތުދެއްވަމުން، ސަލަފްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ސޮބާހު މިއަދު ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓުން ދިރާސާ ކުރާ ކޮމެޓީއެއް ސަލަފުގައި އޮންނަ ކަމަށާއި ކޮމެޓީގެ ތިން މެމްބަރަކާއެކު އުމަރު ނަސީރާ ބައްދަލުކޮށް ސިޔާސީ އިޖްތިމާއީ އަދި އިގުތިސޯދާއ ތަޢުލީމީ ފިކުރުތައްޢުމަރު ނަޞީރުގެ ބިނާކޮށްފައިވައި ގޮތާއި އުސޫލުތަކާ ބެހޭ ގޮތުން ސުވަލުކޮށްފައިވާ ކަމަށެވެ.
"ބައިނަލް އަޤްވާމީ ދުނިޔޭގައި އިސްލާމް ދީނަށް ކުރުމަތިވަމުންދާ ފިއްތުންތަކާ ކުރިމަތިލާންޖެހޭއިރު ޢަމަލު ކުރައްވާނޭ ގޮތްތަކާއި، ތަޢުލީމީ ސިޔާސަތު އިޞްލާޙު ކުރުމުގެ ވިސްނުން އަމާޒުކޮށްފައިވާ ގޮތްތަކުގެ މައްޗަށް ވެސް އުމަރާއެކު ވާހަކަ ދެކެވުނު،" ސޮބާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަލަފުން ފެށީ ރިޔާސީ ކެންޑިޑޭޓުން ދިރާސާ ކުރުމުގެޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު ޑރ. މުހައްމަދު މުނައްވަރާ ބައްދަލުކޮށްފައިވާނެ ކަމަށާއި އެ ޖަމިއްޔާއިން ބައްދަލުކުރުމުގެ ވިސްނުންހުރީ ރާއްޖޭގެ ރައީސްކަން މިހާތަނަށް ކުރައްވާފައި ނުވާ، ނަމަވެސް އެމަޤާމަށް ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވާ ބޭފުޅުންނާ ކަމަށެވެ.
ސަލަފުން ބުނެފައި ވަނީ ރައީސްލް ޖުމްހޫރިއްޔާކަން ކުރުމަށް އިސްލާމްދީނަށާއި ދިވެހި އުއްމަތަށް ވަފާތެރި، ޤާބިލް، ތެދުވެރި ދިވެހި ދަރިއަކު ހުރިތާކުން ހޯދައި، 2018 ވަނަ އަހަރު، ރައްޔިތުންގެ ކުރިމައްޗަށް ގެންނާނެކަމަށެވެ. އަދި މިހާރުވެސް އެފަދަ ކެންޑިޑޭޓަކު ފެނިއްޖެނަމަ އަންނަ ރިޔާސީ އިންތިޚާބުގައި އެ ބޭފުޅަކު ދައްކާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ