ލަންޑަނުގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ "އޮލިމްޕިކްސް 2012" ގެ ފިރިހެން ފުޓްބޯޅަ އިވެންޓުގެ ޗެމްޕިއަންކަން މެކްސިކޯ ހޯދުމާ ގުޅިގެން އެގައުމުގެ އެތަކެއް ރައްޔިތުންނެއް ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން އެއްވަގުތެއްގައި މަގުތަށް މައްޗަށް ނިކުމެއްޖެ އެވެ.
މެކްސިކޯ ޗެމްޕިއަންކަން ހޯދީ އޮލިމްޕިކްގެ ރަން މެޑަލް ފުރަތަމަ ފަހަރަށް ހޯދުމުގެ ފޮނި އުންމީދާ އެކު ނިކުތް ބްރެޒިލް އަތުން 2-1 މެޗް ކާމިޔާބު ކޮށްގެންނެވެ.
މެކްސިކޯ ހޯދި ކާމިޔާބީ އާ ގުޅިގެން، އެގައުމުގެ ރައްޔިތުން ކުރަމުން އަންނަ އުފާފާޅު ކުރުންތަކުގައި ބައިވެރިވުމަށް ޓަކައި ސަރުކާރުގެ އިސްވެރިންނާއި ކުދި ބޮޑު އެތައްބަޔަކު ބައިވެރިވަމުން އަންނަ ކަމަށް ވެސް އެޤައުމުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެވެ. އަދި ޓީމް އެބުރި ގައުމަށް އަންނަ ދުވަހަކަށް ތައްޔާރު ވުމުގެ ގޮތުން، ޓީމަށް ހޫނު ބަރުހާބާއެއް ކިޔުމަށް މެކްސިކޯގެ ސަރުކާރުން ނިންމާފައި ވާކަމަށް ވެސް ބައެއް ރިޕޯޓް ތަކުން ބުނެއެވެ.
މީގެއިތުރުން، ތަފާތު ވައްތަރުގެ ބެނާތަކާއި ޕޯސްޓަރުތަކުން ފުނިޖެހިފައިވާ މެކްސިކޯގެ މަގުތައް މިއަދު ފެންނަމުން އަންނަނީ އެގައުމުގެ އަމިއްލަ "ދިދަ"ގައި ހުންނަ ކުލަތަކުންނެވެ. އެގޮތުން އެގައުމުގެ ގިނަ ބަޔަކު މިއަދު މަގުމައްޗަށް ނިކުންނަ އިރު ގައުމީ ޒޯޒީ ލައިގެން ނުކުންނަ ކަމަށް ވެސް މައެއް މީޑިއާ ރިޕޯޓްތަކުން ބުނެފައިވެ އެވެ.
ރޭގެ މެޗުގައި ބެރެޒިލް ކޮޅަށް މެކްސިކޯއިން ޖެހި އެޓިމުގެ ދެ ލަނޑުވެސް، އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އެގައުމުގެ ޒުވާން ފޯވާޑް އޮރީބޭ ޕެރަލްޓާ އެވެ.
އޮލިމްޕިކްސް: މެކްސިކޯ ހޯދި ކާމިޔާބީއަށް އެގައުމުގެ ރައްޔިތުން މަރުހަބާ ކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ