ރޯޔަލް އައިލެންޑް ރިސޯޓުގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ބ. އަތޮޅު ރޯޔަލް އައިލެންޑް ރިސޯޓުގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.
އައިޖީއެމްއެޗުގެ ބްލަޑު ބޭންކާއި ޓްރާންސް މޯލްޑިވިއަން އެއާވެސް )ޓީއެމްއޭ( ގުޅިގެން އިއްޔެ އެ ރިސޯޓުގެ އެކްސެސް ކްލަބުން އިސްނަގައިގެން ލޭ ހަދިޔާކުރީ ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަސް ފާހަގަ ކުރުމަށް ހިންގި ޕްރޮގްރާމުގެ ދަށުން ކަމަށް އެ ރިސޯޓުން ބުންޏެވެ.
އެ ރިސޯޓުން ބުނީ ލޭ ހަދިޔާކުރަން ނިންމީ ތެލެސީމިޔާ ބަލި ކުދިންނަށާއި އެހެނިހެން ގޮތްގޮތުން ލޭ ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުޑަ ނަމަވެސް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެ ރިސޯޓުން ރާވާފައިވަނީ މީގެ ފަހުން އަހަރަކު އެއްފަހަރު ރިސޯޓުގެ އެކްސެސް ކްލަބުގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ހިންގާ ގޮތަށް ކަމަށްވެސް އެ ރިސޯޓުން ބުންޏެވެ.
ރޯޔަލް އައިލެންޑް ރިސޯޓުގެ އެކްސެސް ކްލަބްގެ 77 މެންބަރަކު މި ޕްރޮގްރާމުގައި ލޭ ހަދިޔާކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ