ސްކޫލް ބަންދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ދިރާސީ އަހަރު ނިމި ސްކޫލް ޗުއްޓީ ބަންދަށް ހަފްތާއަކަށް ކުޑަތަން ވެފައިވާއިރު އަންނަ ހަފްތާގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް ) އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެހަފްތާ ތެރޭގައި މުޅި ރާއްޖެއަށް ކެރީގެ އަސަރުތައް ފޯރާނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެއެވެ.
ހަފްތާ ބަންދުގައި ރާޅުތައް އާދައިގެ ވަރަކަށް ބޮޑުވާނެ ކަމަށާއި މިހާރަށްވުރެ ކުޑަތަންކޮޅެއް ވަޔާއި ކަނޑު ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
މެޓުން ބުނީ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ފެންނަނީ ތަންކޮޅެއް ގަދަކޮށް ކަމަށާއި ހާއްސަކޮށް ދެކުނަށް ވުރެ އުތުރާއި މެދު ރާއްޖެ ތެރެއަށް ތަންކޮޅެއް ކަނޑު ގަދަވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ސްކޫލުތަކުގެ ‘ބޮޑު ބަންދު’ އަހަރުގެ މެދަށް ބަދަލު ކުރީ މިދިޔަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ