ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 30 ޕަސެންޓް މުވައްޒަފުން ކޮވިޑް-19ގެ ތިން ވަނަ ޑޯޒް ކަމަށްވާ، ބޫސްޓާ ޑޯޒް ޖަހައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރިސޯޓު މުވައްޒަފުންގެ ތެރެއިން 99 ޕަސެންޓް މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 97.1 ޕަސެންޓް މުވައްޒަފުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.
އެޗްޕީއޭއިން ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. އަދި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ މަހު 15 ވަނަ ދުވަހުން ފެށިގެންނެވެ.
މިހާތަނަށް 98،014 މީހަކު ބޫސްޓާ ޑޯޒް ޖަހާފައި ވާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 397،851 މީހުންނެވެ. އަދި 370،311 މީހުން ދެވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޓޫރިޒަމް ދާއިރާގެ 30 ޕަސެންޓް މުވައްޒަފުން ބޫސްޓާ ޑޯޒް ޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ