މާފަންނުގެ ބައެއް ސަރަޙައްދުތަކުން މިއަދު މެންދުރުފަހު ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

މާފަންނުގެ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓް ކެނޑޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ، މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަނީ ޓްރާންސްފޯމަރ އަޕްގްރޭޑިންގ މަސައްކަތްތަކެއް ކުރުމަށްކަމަށެވެ. އެގޮތުން މިއަދު މެންދުރުފަހު 13:00 އިން 15:45 އާއި ދެމެދު މާފަނުންގެ 6 ސަރަޙައްދަކުން ކަރަންޓް ކެނޑޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
މާފަންނުން މިއަދު ކަރަންޓް ކަނޑާލެވޭނެ ސަރަހައްދުތަކަކީ މާފަންނުގެ އިއްޒުއްދީން މަގާއި، މަޖީދީމަގު، މުނިޔަމަގު، ހަނދުވަރީ ހިނގުން، ޝަހީދު އަލީ ހިންގުމާއި، ފުލޫނިޔާ މަގުގެ އިތުރުން ހަވީރީ ހިނގުމުންނެވެ.
ޓްރާންސްފޯމަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގަޑީ މިސަރަހައްދުތަކުން 45 މިނެޓެއްހާއިރަށް ކަރަންޓު ޚިދުމަތް މެދުކެނޑޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން އެކުންފުނިން މަޢާފަށް އެދިފައިވެއެވެ.
ސްޓެލްކޯއިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތް އިތުރަށް ފުރިހަމަކުރުމުގެގޮތުން ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން ގްރިޑްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް މިދިޔަ ހުކުރު ދުވަހުވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކަނޑާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ