ކިތަންމެ ބިރުގަތަސް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން: އަދުރޭ

ކިތަންމެ ބިރުގަތަސް ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ކަމަށް ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް ދިނުމަށް އެ ޕާޓީގެ ސެނެޓުން ރޭ ވަނީ ނިންމައިފަ އެވެ. އަދި އެކަން އެ މަނިކުފާނު ވަނީ ބަލައިގެންފަ އެވެ.
ނަމަވެސް ޕްރައިމަރީއަކާ ނުލައި ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމުން ބައެއް މީހުން އެކަމަށް ދަނީ ފާޑުކިޔަމުންނެވެ. އަދި އެއީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކުރި ކަމެއް ކަމަށްވެސް ދަނީ ބުނަމުންނެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން އަދުރޭ ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭނެ ގޮތެއް ކަނޑައެޅުމުގެ އިހްތިޔާރު ލިބިގެންވަނީ ޕީޕީއެމަށް ކަމަށާއި އެކަން ކުރީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
“ފާޑުކިޔާ މީހުންނަށް ދަންނަވާލަން އޮތީ ކިތަންމެ ބިރުގަތަސް ރައީސް ޔާމީނަކީ ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އިންޝާﷲ އިންތިހާބު ކާމިޔާބުވެސް ކުރައްވާނެ،” އަދުރޭ ވިދާޅުވެފައިވެ އެވެ.
އޭނާ މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވަނީ، ރައީސް ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން ކަމަށެވެ. އަދި އެ މަނިކުފާނުގެ ޒައާމަތުގައި ދިވެހިން ދެކޭނީ މިނިވަން މުސްތަގިއްލު ސައްތައިންސައްތަ އިސްލާމީ ދައުލަތެއް ކަމަށާއި އޮންނާނީ ފުދުންތެރި އުފާފާތި އަމިއްލަ ވަންތަ ގައުމެއް ކަމަށް ވިދާޅުވެފައިވެ އެވެ.ތއި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ