ހިތާދޫގެ ބާ އިންޖީނުގެ ނިއްވާލައި ޗާލު ޒަމާނީ އިންޖީނުގެ އަކަށް، 28 އަހަރަށްފަހު ތަސައްލީއެއް!

ބ. ހިތާދޫގައި 28 އަހަރު ވަންދެން ދެގަބުޅި އަރުވަމުންދިޔަ ބާ އިންޖީނުގެ ނިއްވާލައި، ޒަމާނީ އިންޖީނުގެއަކުން ކަރަންޓު ދޭން ފަށައިފި އެވެ.
ހިތާދޫގައި ކުރިން އިންޖީނުގެ ހިންގަމުން އައީ ރަށު ތެރޭގައި ހުންނަ 120 އަކަ މީޓަރުގެ ބިމެއްގަ އެވެ.
ނަމަވެސް އިންޖީނުގެތައް މީހުން ދިރިއުޅޭ ހިސާބުތަކާ ދުރަށް ޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދުގެ ދަށުން ހިތާދޫ އިންޖީނުގެ ހަދަން ފެށީ ބަނދަރު ސަރަހައްދުގައި 285 އަކަ މީޓަރުގެ ބިމެއްގަ އެވެ. އެތަނުގައި އޮފީސް އިމާރާތަކާއި އިންޖީނުގެ ހަދާފައި ހުންނަނީ ވަކިންނެވެ.
181 އަކަ މީޓަރުގެ އެ އިންޖީނުގޭގައި މިވަގުތު 400 ކިލޮވޮޓްގެ ދެ ޖަނަރޭޓަރާއި 160 ކިލޮވޮޓްގެ އެއް ޖަނަރޭޓަރުން ދަނީ ހިދުމަތް ދެމުންނެވެ.
އާ އިންޖީނުގޭގައި 28 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ އިރު، އެތަނުގައި ޑެގް ރޫމަކާއި ކޮންޓްރޯލް ރޫމާއި ޗިމްނީ، ވޯކްޝޮޕް، ގުދަން އަދި ޕޭންޓްރީއެއް ހިމެނެ އެވެ. އަދި އޮފީސް އިމާރާތުގައި ރިސްޕްޝަނަކާއި އެޑްމިން އޭރިއާއެއް ވަނީ ހަދައިފަ އެވެ.
މިއީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން ބަދަލުކުރެވުނު 45 ވަނަ އިންޖީނުގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ