އެޕްލައިޑް ސްކޫލް ކައުންސިލިންގ ޕްރޮގުރާމް ނިންމާލައިފި

މާލެ ސަރަޙައްދުގެ ސްކޫލުތަކަށް އަމާޒުކޮށް، "އެޕްލައިޑް ސްކޫލް ކައުންސިލިންގ"ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުން، ލީޑިންގ ޓީޗަރުން އަދި ސްކޫލް ކައުންސެލަރުން ހިމެނޭހެން ޖުމްލަ 32 ބޭފުޅުން ބައިވެރިވިއެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދެއްވީ މެލޭޝިޔަން ބޯޑް އޮފް ކައުންސަލާސް ގައި ރެޖިސްޓަރވެފައިވާ ކައުންސަލަރ އަދި ކައުންސިލިންގ ދާއިރާގެ މާހިރެއް ކަމަށްވާ ކްރިސްޓޮފަރ ރާޖް އެންތަނީއެވެ.
ތާޖުއްދީން ސްކޫލުގައި އިއްޔެއާއި މިއަދު ކުރިއަށް ދިޔަ މި ޕްރޮގްރާމްގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ސްކޫލް ކައުންސެލަރުންގެ ރޯލަކީ ކޮބައިކަމާއި، ވަކިވަކި އަދި ގްރޫޕް ކައުންސެލިން ސެޝަންތަކުގައި މަޝްވަރާ ކުރެވޭ ކަންކަން ކިޔައިދެއްވިއެވެ.
އަދި އެފަދަ މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތްތަކާއި ހުނަރުތައް، އަދި ކައުންސެލިން ދިނުމުގެ މަރުހަލާތަށް ވަކިވަކީން ތަފްސީލްކޮށް ބައިވެރިންނަށް ދަސްކޮށް ދިނުން ވެސް ހިމެނެއެވެ.
މީގެ ކުރިން ވެސް މާލެ ސަރަޙައްދުގެ ސްކޫލުތަކަށް އަމާޒުކޮށް، މިފަދަ ޕްރޮގުރާމަތައް ހިންގާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ