ކަރަންޓު ކެނޑުނުނަމަވެސް އޮޕަރޭޝަނަށް ބުރުލެއް ނާރާ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ކަރަންޓު ކެނޑުނު ނަމަވެސް 10 ވަރަކަށް މިނެޓު ތެރޭ ކަރަންޓު ދީފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ. އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ އެއާޕޯޓުން ކަރަންޓު ކެނޑުނު ނަމަވެސް އޮޕަރޭޝަނަށް ބުރޫ ނާރާ ކަމަށެވެ. "10 ވަރަކަށް މިނެޓަށް ކަރަންޓު ކެނޑުނީ. އެއާޕޯޓުގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ލިބިއްޖެ. ކަރަންޓު ކެނޑުނު ވަގުތުވެސް ބެކްއަޕް ސިސްޓަމް މަސައްކަތް ކުރި. އެހެބްވެ އެއްވެސް އޮޕަރޭޝަނަކަށް ބުރޫއެއް ނާރާ،" ހަސަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. މި ދުވަސްވަރަކީ އެއާޕޯޓަށް ބާރުބޮޑު ދުވަސްވަރެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އާދިއްތަ ދުވަހު ވަނީ އެ އެއާޕޯޓުގެ އެއާޓްރެފިކް މޫމަންޓްސްގެ ރިކޯޑުވެސް އާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ