ސްޓެލްކޯއިން ރަސްދޫއަށް ކަރަންޓުގެ ޚިދުމަތް ދެނީ

އއ. ރަސްދޫ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ދިނުމަށް ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.
މިހާތަނަށް ރައްޔިތުން ބަލަހައްޓަމުން ގެންދިޔަ އިންޖީނުގެއާއި ޚިދުމަތް ދިނުމަށް ބޭނުންކުރާތަކެތި ދެފަރާތް އެއްބަސްވި އަގަކަށް ސްޓެލްކޯއިން ވަނީ ގަނެފައެވެ.
މިއަދު މެންދުރު ރަސްދޫއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އިންޖީނުގޭ އޮޕަރޭޝަންސްް އާއި ހަވާލުވީ، އިންޖީނުގެ ހިންގުމުގެ މުހިންމު ކަންކަން ސްޓެލްކޯގެ މިންގަނޑަށް ގެނައުމަށް ފަހުއެވެ.
ރަސްދޫއަށް ސްޓެލްކޯގެ ޚިދުމަތް ދޭން މިފަށާފައި ވާއިރު، ތޮއްޑޫ ފިޔަވާ އަރިއަތޮޅު އުތުރުބުރީގައި މީހުންދިރިއުޅޭ ހުރިހާ ރަށަކަށް ކަރަންޓުގެ ޚިދުމަތް ދެމުންގެންދަނީ ސްޓެލްކޯއިންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯއިން ތޮއްޑޫއަށްވެސް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފަށާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ