އުކުޅަހު ކަރަންޓު ނެޓްވޯކް އަޕްގްރޭޑު ކުރުމުގެ މަސައްކަތް މިމަހު ނިންމާލެވޭނެ: ސްޓެލްކޯ

އއ. އުކުޅަހު ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑު ކުރުމުގެ މަސައްކަތް މިމަހު ނިންމާލެވޭނެ ކަމަށް ސްޓޭޓް އިލްކެޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނި، އެރަށު ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑު ކުރުމަށް ޖުމްލަ 2،084 މީޓަރުގެ ކޭބަލް މިހާރު ވަޅުލާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މި މަހުގެ މެދުތެރޭގައި ނިންމާލެވޭނެ ކަމަށް ބުންޏެވެ.
އެކި ރަށްރަށުގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގަރޭޑު ކުރަނީ އެ ރަށެއްގައި ކަރަންޓަށް އޮންނަ ޑިމާންޑު ބޮޑުވުމާ ގުޅިގެން އެ ޑިމާންޑާ އެއްވަރަށް ކޭޓާ ކޮށްދިނުމަށެވެ.
ސްޓެލްކޯއިން މީގެ ކުރިންވެސް ބައެއް ރަށްރަށުގެ ނެޓްވޯކް އަޕްގްރޭޑުކޮށްދީފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ