ލޯޑް މަތިވާ ކަމަށް ބުނެ އައްޑޫން ކަރަންޓް ކަނޑަން ފަށައިފި

މި ދުވަސްކޮޅު އައްޑޫގައި ކަރަންޓް ބޭނުން ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، އިންޖީނުތަކުގެ ލޯޑްމަތިވާތީ ދޭތެރެ ދޭތެރެ އިން ކަރަންޓް ކަނޑަން ފަށައިފި އެވެ.ކަރަންޓް ކަނޑަމުން ދަނީ އައްްޑޫގެ ގުޅިފައިވާ އަވަށްތަކުންނެކެވެ. ނޯޓިހަކާ ނުލައި ކަރަންޓް ކަނޑަމުންދާތީ ބައެއް މީހުން ދަނީ ޝަކުވާ ވެސް ކުރަމުންނެވެ. މީގެ ސަބަބުން އިލެކްޓްރޯނިކް ސާމާނު ހަލާކުވަމުންދާ ކަމުގެ ޝަކުވާތައް ބޮޑެވެ.ކަރަންޓްގެ އަގަށް އައި ބަދަލާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުންތައް ފެނަކަ ކޯޕަރޭޝަނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ކަރަންޓް ކަނޑަމުންދާތީ އެ ކުންފުންޏާ ދޭތެރޭ އެއްވެސް އިތުބާރެއް މިހާރު ނެތް ކަމަށް އައްޑޫގެ ބައެއް މީހުން ދަނީ ބުނަމުންނެވެ.ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި އައްޑޫގެ ކަރަންޓްގެ ހާލަތު ދަށްވެގެން އުޅެނީ، އެއް ދުވަހުން އަނެއް ދުވަހަށް ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވަމުން އަންނަ އިރު، އެ ނިސްބަތަށް ކަރަންޓް އުފެއްދުމުގެ ގާބިލްކަން ނެތުމުންނެވެ.ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް ޑިރެކްޓަރު އަބްދުﷲ ޒުހައިރު (އަބްހަރީ) މިއަދު ވިދާޅުވީ ގަޑިއެއްހާ އިރަށް އަވަށްތަކުގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަމުން އަންނަނީ ލޯޑް މަތިވާތީ ކަމަށެވެ.އެހެން [އިންޖީނަކަށް] މައްސަލައެއް ދިމާވެގެން ކަރަންޓް ކަނޑަނީކީ ނޫން. ލޯޑްމަތިވާތީ މެންދުރުގެ ވަގުތުތަކުގައި ގަޑިއެއްހާ އިރަށް ކަރަންޓް ކަނޑާލަނީ، ޒުހައިރު މި ދުވަސްކޮޅަކީ އައްޑު އަށް ވަރަށް ހޫނު ގަދަ ދުވަސްވަރަކަށްވުމާ އެކު، ކަރަންޓް ބޭނުން ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހާއްސަކޮށް އޭސީ ގަދަ ވަސީލަތްތައް ގިނައިން ބޭނުން ކުރާތީ ލޯޑް މަތިވާ ކަމަށް ފެނަކައިން ބުންޏެވެ.ފެނަަކައިން ބުނެފައި ވަނީ އައްޑު އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އަށް އެއްކޮށް ހައްލެއް ލިބޭނީ ދެ މެގަވޮޓްގެ ޖަނަރޭޓަރެއް ބަހައްޓައިގެން ކަމަށެވެ. އެ ޖަނަރޭޓަރު ގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.ވިޔަފާރިތަކުގެ ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން އައްޑޫގެ ވިޔަފާވެރިން ދަނީ ފެނަކަ އާ ދެކޮޅަށް އަޑު ވެސް އުފުލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ