ޖޭޕީގެ ލީޑަރ ގާސިމް ފުލުހަށް ހާޒިރުކުރަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމަށް ފޮނުވި ޗިޓްގައި ވާ ގޮތުން އޭނާ މިރޭ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ފުލުހުން ބަލަމުން ގެންދާ މައްސަލަ އަކާއި ގުޅިގެންނެވެ.
ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ގާސިމް ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ މިރޭ 8:30 އަށެވެ. އޮފިޝަލް ބުނި ގޮތުގައި ކުރިއަށް އޮތް 30 ދުވަސް ވަންދެން ރާއްޖެ އިން ބޭރަށް ގާސިމަށް ފުރާވަޑައިނުގެންނެވޭނެ ފުލުހުން އަންގާފައިވާ ކަމަށެވެ.
"މިރޭ 8:30 އަށް ހާޒިރުވުމަށް އަންގާފައި ވަނީ، އަދި 30 ދުވަހަށް ގާސިމް ރާއްޖެއިން ބޭރަށް ނުދެވޭނެ ކަމަށް އަންގާފައި ވަނީ. ކޮން ސަބަބަކާ ހުރެ ކަމެއް ނުބުނޭ ފުލުހުން."
ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާއިރު ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ، ކިނބިދޫ ދާއިރާގެ މެންބަރ އަބްދުﷲ ރިޔާޒް ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ