ދައުލަތުގެ ފައިސާއިން ވައްކަން ކުރުމަކީ އަނިޔާއެއް: ރައީސް މައުމޫނު

ދައުލަތުގެ ފައިސާއިން ވައްކަން ކުރުމަކީ އަނިޔާއެއް ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅު ވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވިޓެއް ގައެވެ.Kusheh nethi meehun hayyaru kurumakee aniyaa eh. Shareeathah baaru foaruvunakee aniyaa eh. Dhaulathuge faisaa in vakkan kurumakee aniyaa eh.— Maumoon Abdul Gayoom (@maumoonagayoom) November 26, 2017ރައީސް މައުމޫނު ވިދާޅުވީ ކުށެއްނެތި މީހުން ހައްޔަރު ކުރުމާއި، ޝަރީއަތަށް ބާރު ފޯރުވުމާއި ދައުލަތުގެ ފައިސާއިން ވައްކަން ކުރުމަކީ އަނިޔާއެއް ކަމުގައެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ކޮންކަމަކާއި ގުޅިގެން ކަމެއް ސާފެއް ނުނެއެވެ.
ނަމަވެސް ދައުލަތުގެ ފައިސާއާއި މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ދައުލަތުގެ ފައިސާ އިން ވައްކަން ކުރުމުގެ ތުހުމަތު މި ސަރުކާރުގެ ބައެއް ވެރިންގެ މައްޗަށް ވަނީ ކުރެވިފައެވެ. އަދި މިފަދަ ބައެއް މައްސަލަތައް މި ސަރުކާރުގެ ބައެއް ވެރިންގެ މައްޗަށް ސާބިތުވެ ދަނީ ހުކުމްވެސް ތަންފީޒު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ