ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފަށް އަދީބު ދޫނުކޮށް މާފުށީ ޖަލަށް!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނިކޮށް ކުއްލި ގޮތަކަށް މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް އަދީބުގެ ވަކީލުން ބުނެފިއެވެ.
އަދީބު މާފުށީ ޖަލަށް ކުއްލި ގޮތަކަށް ބަދަލުކޮށްފައި މިވަނީ، ސިޔާސީ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ ބޭފުޅުންތައް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ރޭ އަމުރުކޮށްފައި ވަނިކޮށެވެ.
އަދީބުގެ ވަކީލު މޫސާ ސިރާޖު މިއަދު ވިދާޅުވީ ދޫނިދޫ ޖަލުން އަދީބު މާފުށީ ޖަލަށް ބަދަލުކުރީ ރޭ ދަންވަރު ކަމަށެވެ. އަދި އޭގެ ސަބަބު އަންގާފައި ނުވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވާނެ ކަމަށް ފުލުހުން ވަނީ ރޭ ބުނެފައެވެ.
ތަފާތު ތިން މައްސަލައެއްގައި ޖުމުލަ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންގެންދަވާ އަދީބު މާފުށީ ޖަލަށް ބަދަލުކުރި މައްސަލާގައި ފުލުހުންނާއި ކަރެކްޝަނަލްގެ ބަހެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ