ޔުމްނާ މައުމޫން ފުލުސް އޮފީހަށް ހާޒިރުކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ފުލުސް އޮފީހަށް ހާޒިރުވާން އަންގައި އޭނާ އަށް ޗިޓް ފޮނުވައިފި އެވެ.
މާދަމާ ހަވީރު 4:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން ޔުމްނާ އަށް އަންގާފައިވާއިރު، އެއީ ކޮން މައްސަލައެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ.
ޔުމްނާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި މިވަނީ ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާގުޅިގެން ޝަރިޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުންނަތާ ދުވަސްތަކެއް ވެފައި ވަނިކޮށް ބައްޕާފުޅުގެ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
އެ ތިން ބޭފުޅުން ވެސް މިހާރު ޖަލުގައި ތިއްބެވިއިރު، އޭގެ ތެރެއިން މައުމޫނާއި ނަދީމް ބަންދުކުރިތާ މިއަދަށް ތިން މަސް ވެއްޖެ އެވެ. އަދި ފާރިސް ބަންދުކޮށްފައި ހުންނަތާ ނުވަ މަސް ވެއްޖެ އެވެ.
މައުމޫނާއި ފާރިސް އަދި ނަދީމްގެ މައްޗަށް ވެސް ކުރަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ. ތިން ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ