މިލަންދޫ ސްކޫލް ސީލިންގ އިން ބައެއް ނުވެއްޓޭ: އެސްޖޭ

މިލަންދޫގައި އަލަށް އިމާރާތްކުރި ސްކޫލްގެ ކްލާސް ރޫމެއްގެ ސީލިންގއިން ބައެއް ވެއްޓިފައިވާކަމަށް ބުނާ ވާހަކަ އެ ސްކޫލް އިމާރާތްކުރި އެސްޖޭ ކޮންސްޓްރަކްޝަނުން ދޮގު ކޮށްފިއެވެ.
މިލަންދޫ ސްކޫލްގެ އެންމެ މަތީ ފަންގިފިލާގެ ސީލިންގ އިން ބައެއް ވެއްޓިފައިވާކަމަށް ދެކެވޭ ވާހަކަ ތަކާއި ގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަންއިން މިރޭ ނެރުނު ބަޔާނެއްގައި ނުބެފައިވަނީ ސީލިންގ އިން ބައެއް ވެއްޓިފައިވާކަމަށް ފަތުރަމުން ދަނީ ދޮގު ވާހަކަ ތަކެއް ކަމުގައެވެ.
ނަމަވެސް އެތަނުގައި އެކުންފުނީގެ ފަރާތުން ހިންގަމުން ގެންދާ ސީއެސްއާރު މަސައްކަތެއް ކުރުމަށް ސީލިންގ އިން ބައެއް ނައްޓާލައިގެން މަސައްކަތެއް ކުރަމުން ގެންދާކަމަށް އެކުންފުނީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެސްޖޭއިންބުނީ ސްކޫލުން އެދިގެން ކޮންޕިއުޓަރ ލެބްގައި ބައެއް ލައިޓް ހަރުކުރުމަށާއި ޕްރޮޖެކްޓަރެއް ހަރުކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށާއި އެކަން ކުރަމުން ގެންދަނީ އެ ކުންފުނީގެ ސީއެސްއާރު ކޮމްޕޯނަންޓެއްގެ ގޮތުގައި ކަމުގައެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ކޭބަލް އެޅުމަށް ސީލިންގ އިން ބައެއް ނައްޓާލާފައިވާކަމަށް އެކުންފުނީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
57 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަތަރު ބުރިއަށް ހަދާފައިވާ ސްކޫލް އިމާރާތުގެ ކްލާސް ރޫމެއްގެ ސީލިންގ ގެ ބައެއް ވެއްޓިފައިވާކަމަށް މިލަންދޫ ކައުންސިލްގެ ބައެއް މެމްބަރުންވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ