ބީއެމްއެލްގެ ޗެއާޕާސަން އަކަށް ސައީދާ އުމަރު ހަމަޖައްސަވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗެއާޕާސަންގެ މަޤާމަށް ސަޢީދާ އުމަރު އައްޔަންކޮށްފިއެވެ.ސައީދާ އުމަރު އެމަގާމަށް އައްޔަން ކުރައްވާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިން އިއްޔެ ބޭއްވި ޑިރެކްޓަރުންގެ ބޯޑުންނެވެ. ސަޢީދާ އެ މަޤާމަށް އައްޔަންކޮށްފައިވަނީ، ކުރިން އެމަޤާމުގައި ހުންނެވި ފަރީހާ ޝަރީފް، ބޭންކްގެ ބޯޑުން ވަކިވުމާ ގުޅިގެންނެވެ. ފަރީހާ ވަނީ ދެ އަހަރުގެ މުއްދަތަކަށް ބޯޑު މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. ސައީދާ އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގެ ޕޮލިސީ ކޮންސަލްޓެންޓް، އަދި ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް ވާކިން ގްރޫޕްގެ ކޯ ޗެއަރ ކަމާއި، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިކޮނޮމިކް އެމްޕަވަމެންޓް އޮފް ވިމެން ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެއް ކަމަށް ބީއެމްއެލް އިން މިއަދު އާންމު ކުރި ބަޔާނުގައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ