އަމިއްލައަށް އިސްނަގައިގެން ރައީސް އަޒުލު ކުރުމުގެ ބާރެއް ސްޕްރީމް ކޯޓަށް ލިބިފައި ނުވާކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ސަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ރައީސް މަގާމުން ދުރުކުރެވޭނީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށެވެ. އަދި މަޖިލީހުގެ މަރުހަލާ ކަޑައްތު ނުކޮށް އެނޫން ގޮތަކަށް ރައީސް މަގާމުން ވަކި ނުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވި ކަމަށް ސަން އޮންލައިންގައި ލިޔެފައިވެއެވެ.
އޭގެ އިތުރުން ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ މުއައްސަސާތަކުން ގާނޫނު އަސާސީ އާއި ގާނޫނުތަކަށް އަމަލު ކުރުމަށް ބާރު އެޅުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށް ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވިކަމަށް އެނޫހުގައި ވެއެވެ.
ކުރީގެ ޕީޖީ މިހެން ވިދާލުވެފައި މިވަނީ ސްޕްރީމް ކޯޓުން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް އަމުރެއް ނެރިފާނެކަމަށް އަޑުތަށް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް އަޒުލު ކުރުމުގެ ބާރު ސުޕްރީމް ކޯޓަކަށް ނެތް – ކުރީގެ ޕީޖީ މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ