އެމްއެންޔޫ ގެ "ތެވެލި 2018" އޮގަސްޓްމަހު ބާއްވަނީ

މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ އެމްއެންޔޫގެ ބައިނަލްއަޤްވާމީ ކޮންފަރެންސް، ތެވެލި 2018 އަންނަ އޮގަސްޓް މަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ މަތީ ތަޢުލީމަށް ޚާއްސަ ކޮށްގެން ބާއްވާ ކޮންފަރެންސްގެ ޕޭޕަރ ތައް އަންނަ ޖޫން މަހުގެ ފަނަރަ ވަނަ ދުވަހުގެ ކުރިން ޔުނިވަރސިޓީއަށް ހުށަހެޅޭނެ ކަމަށެވެ.އޯގަސްޓް ބާރަ އަދި ތޭރަ ވަނަ ދުވަހު އެމްއެންޔޫއިން ބާއްވާ ކޮންފަރެންސްގެ މައިގަނޑު ތީމަކީ ނިއު ހޮރައިޒަންސް އިން ހަޔަރ އެޑިޔުކޭޝަން ސިނަޖީސް އިނޮވޭޝަން އެންޑް ޑިވެލޮޕްމަންޓެވެ. އޭގެ ތެރެއިން ޕޮލިޓިކްސް އަދި ޕޮލިސީ އާއި ޝަރީއާ، ލޯ އެންޑް އިސްލާމިކް ސްޓަޑީޒްސް، ސައިންސް އެންވަޔަރްމެންޓާއި މީޑިއާ އަދި ކޮމިއުނިކޭޝަން ފަދަ މައުލޫއުތަކާއެކު ސަބް ތީމްގެ ގޮތުގައި ތޭރަ މަޢުލޫއެއް ހަމަޖައްސާފައިވާ ކަމަށެވެ. ފަވާޒް ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ކޮންފަރެންސަށް ލިބުނު ބޮޑު ތަރުހީބުގެ އެހީގައި މިއަހަރުގެ ކޮންފަރެންސް އިތުރަށް ހަރުދަނާކޮށް، އެއަށްވުރެ ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ