ސާބިތުކަމާއެކު ހުންނެވީ ރައީސް ނަޝީދާއި އެމްޑީޕީއާއެކުކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ޝާހިދު ކުރެއްވި ޓްވީޓެއްގައި އެގޮތަށް ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރަން އުޅުއްވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި އޭނާ ހުންނެވީ ރައީސް ނަޝީދާއިއެކުގައި ކަމަށެވެ. އަދި އެވާހަކަތަކަކީ އެމްޑީޕީގެ ސަފުތައް ރޫޅާލަން ދައްކަމުންދާ ވާހަކަތަކެއް ކަމަށް ވެސް ޝާހިދު ވިދާޅުވެފައިވެއެވެ.
ޝާހިދު ވިދާލުވީ އެއީ ހަގީގަތެއް ނެތް ފިތުނައިގެ ވާހަކައެއް ކަމަށާއި ސާބިތުކަމާއެކު އެހުންނެވީ އެމްޑީޕީއާއި ރައީސް ނަޝީދާއެކުގައި ކަމަށެވެ.އަދި ވިދާލުވީ ﷲ ގެ ރަހުމަތްފުޅުން 2018 ރައީސް ނަޝީދު ކާމިޔާބް ކުރައްވާނެކަމަށާއި އެބޭފުޅުންގެ ސަފްތައް ރޫޅަލުމަށް ކުއަމުންގެންދާ މަސައްކަތް ވާނީ ނާކާމިޔާބުކަމަށްވެސް އެ ޓްވީތްގައި ވިދާލުވެފައިވެއެވެ.
ޑީއާރުޕީ ބައިބައިވުމާއެކު އެމްޑީޕީއާއި ގުޅިފައިވާ ޝާހިދަކީ އެމްޑީޕީގައި މިވަގުތު ތިއްބެވި އެންމެ ތަޖުރިބާކާރު އަދި އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތުތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އެމްޑީޕީން ވަނީ މިއަހަރުގެ މާޗު މަހު އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ކަމަށާއި އެއަށްފަހު މެއި މަހު ކެންޑިޑޭޓަކު ކަނޑައަޅައި ރިޔާސީ ކެމްޕޭން ފަށާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް މިޖެނުއަރީ ފެށުމަށް ނިއްމާފައިވާއިރު އެމަސައްކަތް މޭ މަހަށް ނިއްމާލެވޭނެ ކަމަށްވެސް އެމްޑީޕީ ވަނީ މައުލޫމާތު ދީފައެވެ.
އަޅުގަނޑު މިހުރީ ރައީސް ނަޝީދާއި އެމްޑީޕީއާއެކު - އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ