މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ޖޭއެސް ސީގެ މެންބަރުކަމުގެ ހުވާކުރައްވައިފ


ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު، ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަނު ކުރައްވައިފިއެވެ.
 
ޖޭއެސްސީ ގެ މެންބަރުކަމަށް މަސީހު އައްޔަނު ކުރެއްވިކަމުގެ ލިޔުން، އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ ރައީސް އޮފީހުގައި އެކަމަށްޓަކައި މިއަދު  ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މަސީހަށް ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާލައިދެއްވީ އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒު ހުސައިންއެވެ.
މަގާމުގެ ހުވާ ކުރެއްވުމާއެކު ރައީސް ޔާމީން ވަނީ ޖޭއެސްސީގެ މެމްބަރުކަމުގެ ފަތްކޮޅު އެމަނިކުފާނަށް އަރުއްވާފައެވެ.
 
 
ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުންވެސް މެންބަރަކު ޖޭއެސްސީ އަށް އައްޔަންކުރަންޖެހެއެވެ. ނަމަވެސް މަޖިލީހުން އަދި މެމްބަރަކު ކަނޑައަޅާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ