ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މެމްބަރު އަބްދުﷲ އަހްމަދު ހައްޔަރުކުރީ، 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންޒީފު ކުރުމަށް ގޮވާލައި މިހާރު ކުރިއަށްދާ މުޒާހަރާގެ ތެރެއިން، މަޖީދީ މަގު އޯޑިއޯން ކައިރީގައި ހުންނަވައި މީޑިއާއަށް އިންޓަރވިއެއް ދެއްވަން ހުންނަ ވަނިކޮށެވެ. ފުލުހުން އަބްދުﷲ އަހްމަދު ހައްޔަރު ކޮށްގެން ގެންދިޔަ މަންޒަރުތައް ޓީވީތަކުން ވަގުތުން ފެނުނެވެ.
އެ ސަރަހައްދުގައި ހުރި ވީމީޑިއާގެ ޖާނަލިސްޓް ބުނެފައިވަނީ، ފުލުހުން މެމްބަރު އަބްދުﷲ އަހްމަދު ގެންދިއީ ކޮން ދިމާއަކަށް ކަމެއް ނޭނގޭ ކަމަށެވެ. ވެހިކަލަކަށް އެރުވި މަންޒަރުވެސް ނުފެންނަ ކަމަށެވެ.
މީގެ އިތުރުން، އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރ ތޫބާ ރަޝީދުވެސް ހައްޔަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެމުން އެބަދެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ